ބިދޭސީންނަށްވެސް ހިލޭ ވަދެވޭގޮތަށް ސަލްޓަން ޕާކް ހުޅުވާލައިފި

ސަލްޓަން ޕާކް ހުޅުވާފައިވަނީ ހެނދުނު 4:30 އިން 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 ސަލްޓަން ޕާކް ހުޅުވާފައިވަނީ ހެނދުނު 4:30 އިން 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30

ކޮވިޑް-19ގެ ސަބަބުން ބަންދުކޮށްފައި ހުރުމަށްފަހު ސަލްޓަން ޕާކު މިއަދު ހުޅުވައިފިއެވެ. 

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސަލްޓަން ޕާކް ބަންދުކުރީ މިދިޔަ މާޗުމަހުއެވެ. އޭގެ 9 މަސް ފަހުން އާންމުންނަށް ސަލްޓަން ޕާކް ހުޅުވާފައިވަނީ މިއަދު ފަތިހުއެވެ.

ލޮނުޒިޔާރަތް ޕާކްއެކޭ އެއްފަދައިން ސަލްޓަން ޕާކްގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މިގޮތުން، ޕާކްއަށް ވަންނަ މީހުންގެ އަތް ދަބަސް ޗެކް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އަތް ދޮވެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެއިތުރުންވެސް، ސަލްޓަން ޕާކްއަށް ވަނުމުގެ ކުރިން ބިދޭސީން އަތުން ނަގަމުން އައި ފީ ވެސް ނެގުން ހުއްޓާލާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ސަލްޓަން ޕާކް ހުޅުވާފައިވަނީ ހެނދުނު 4:30 އިން 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30އަށެވެ.

ކިޔުންތެރިންގެ ހިޔާލު