ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުން ޑީޖޭއޭއިން!

ކުށުގެ ރިކޯޑް އޮންލައިންކޮށް އެދިގެންވެސް ސާފުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައި ކުށުގެ ރިކޯޑް އޮންލައިންކޮށް އެދިގެންވެސް ސާފުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައި

މަރުކަޒީކޮށް ކުށުގެ ރިކޯޑު ބަލަހައްޓައި، ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ހުރިހާ ޒިންމާތަކެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އުފުލަން ފަށައިފިއެވެ.

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރިކޯޑް ބަލަހައްޓާނެ އިދާރާއެއް އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން މަރުކަޒީކޮށް ކުށުގެ ރިކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑީޖޭއޭ ކަމުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހިމް ރިފްޢަތު ކަނޑައަޅުއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުއެވެ.

އެޓަރނީ ޖެނެރަލްގެ މި ނިންމެވުމާއެކު، ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރިކޯޑު ބަލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭ އިން ޤާއިމްކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ނިޒާމު ގާއިމްކުރެވި، މިއަދުން ފެށިގެން ޝަރޫޢީދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރިކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑީޖޭއޭ އިންނެވެ.

ޑީޖޭއޭއިން ބުނެފައިވާ ގޮތުން، ކުށުގެ ރިކޯޑް އޮންލައިންކޮށް އެދިގެންވެސް ސާފުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އެގޮތުން، ރިކޯޑް ސާފުކުރާ ފޯމު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ދިވެހިރައްޔިތެއް ނޫންނަމަ ޕާސްޕޯޓް ކޮޕީ، ކޮމްޕެނީއެއްގެ ރިކޯޑް ސާފުކުރާނަމަ ކޮމްޕެނީގެ ރަޖިސްޓްރީގެ ކޮޕީ އަދި ފޯމުގެ ވެރިފަރާތާއި ގުޅޭނެ ނަންބަރު ހިމެނޭހެން ޑީޖޭއޭއަށް މެއިލް ކުރެއްވުމުން ރިކޯޑް ސާފުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، މަރުކަޒީކޮށް ކުށުގެ ރިކޯޑު ބަލަހައްޓާނެ ނިޒާމެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެެކެވެ.

ކިޔުންތެރިންގެ ހިޔާލު