ބިލެއްފަހި އައު އިންޖީނުގެ އިމާރާތްކޮށް ނިމިއްޖެ!

ބިލެއްފަހީގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ ބިލެއްފަހީގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ

ށ.ބިލެއްފަހީގައި ފެނަކައިން އިމާރާތްކުރަމުންދިޔަ އައު އިންޖީނުގޭގެ މަސައްކަތް ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިއީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން އިމާރާތްކުރި އިންޖީނުގެއެކެވެ. 

ށ.ބިލެއްފަހި އިންޖީނުގެ ހިމެނޭހެން މި އަހަރުގެ ތެރޭގައި 30 އިންޖީނުގެއެއްގެ މަސައްކަތް ނިމި، އެ އިންޖީނުގެތަކުން ކަރަންޓް ދޭން ފެށޭނެ ކަމަށް ފެނަކައިންވަނީ ކުރިން ބުނެފި އެވެ.

ފެނަކައިން ބުނީ އެކުންފުނިން އަލަށް އިމާރާތްކުރާ އިންޖީނުގެ ތަކަކީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތާއި، ފިއުލް ސްޓޯރެޖް ނެޓްވޯކް އަޕްގްރޭޑް ކުރެވިގެން ހުޅުވިގެންދާނެ އިންޖީނުގެތަކެއް ކަމަށާއި، މޯލްޑިވްސް އެނާޖީ އޮތޯރިޓީ ގެ ގަވާއިދުތަކާ އެއްގޮތްވަގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓާ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.

އަދި އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޗިމްނީގެ އެހީގައި އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ ވެސް ފެނަކައިން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު