ސަލްމާން މިސްކިތް ސަރަހައްދުގައިވާ ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދޫކުރަން މިއަދު ފަށަނީ!

މި ޒޯނުތަކަށް އެދެވެނީ ސިޓީ ކައުންސިލްގެ ވެބްސައިޓްއިން މި ޒޯނުތަކަށް އެދެވެނީ ސިޓީ ކައުންސިލްގެ ވެބްސައިޓްއިން

ހެންވޭރު ކޮޅުގައި ގާއިމްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ސަރަހައްދުގައިވާ ޕާކިން ޒޯނުން ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުވާލާން ނިންމައިފިއެވެ.

އެ ކައުންސިލުން ކުރިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މަހަކު 3000 ރުފިޔާގެ ރޭޓުން މި ޕާކިން ޒޯނުން 57 ޖާގަ ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. މި ޒޯނުން ޕާކް ކުރުމުގެ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކްޕަށް ކަމަށް އެ އިއުލާނުގައި ވެއެވެ. މި ކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ މިއަދު މެންދުރު 13:00 އިން ފެށިގެންނެވެ.

މި ޒޯނުތަކަށް އެދެވެނީ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި މިކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލްއިން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް އެނގިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު