އެމްޑީޕީގެ އިތުބާރު އިމްރާނަށް!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެމްޑީޕީއިން ތާއިދު ނުކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު އެމްޑީޕީގެ ޕީޖީގައި ނެގި ވޯޓެއްގައެވެ. މިއީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމް\ޕީއެންސީގެ މެންބަރުން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ނެގުނު ވޯޓެކެވެ. އެ މައްސަލާގައި 11 މެންބަރަކު ސޮއި ކުރައްވާފައިވެއެވެ. އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮޔާއެކުއެވެ. މިއީ އިދިކޮޅުން މި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ފުރަތަމަ ފަހަރެވެ.

އިމްރާންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދީފައެވެ. 

މި މައްސަލައަށް އެމްޑީޕީއިން ތާއީދު ނުކުރާނެކަން ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެ ޕާޓީން ސަރުކާރު ދިފާއުކުރައްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ. 

އިމްރާންގެ އިތުބާރު ނެތް މައްސަލަ ފާސްނުވިނަމަވެސް، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީ ޕީޖީއިން ވަނީ ފާސްވެފައެވެ. އަދި މަލީހު ވަކި ކުރުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު