މާފުށި މޮނިޓަރިންގ ހާލަތަށް!

ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލުމުން އެންމެ ފުރަތަމަ ފަތުރުވެރިޔާވެސް ޒިޔާރަތްކުރީ މާފުށްޓަށް. ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލުމުން އެންމެ ފުރަތަމަ ފަތުރުވެރިޔާވެސް ޒިޔާރަތްކުރީ މާފުށްޓަށް.

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާ އެއް ރަށް ކަމަށްވާ ކ.މާފުށި މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު 15:43އިން ފެށިގެން އެ ރަށްވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެވެ. މިއީ އެ ރަށު ގެސްޓް ހައުސްއަކަށް ދިޔަ ޓޫރިސްޓަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ކޮންޓެކްޓް ވެފައި ތިބި ބަޔަކު އެ ރަށުގައި ތިބުން އެކަށީގެންވާތީ ނިންމާފައިވާ ނިންމުމެކެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ވަކި ގޮތެއް އަންގަންދެން އެ ރަށުން ފޭބުމަކީ މަނާކަމެކެވެ. އަދި، އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އެރުންވެސް ވަނީ މަނާކޮށްފައެވެ. 

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ބަންދުކޮށްފައިވަނީ މާޗުމަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ފަތުރުވެރިންނަށް ގެސްޓްހައުސްތައް އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ހުޅުވާލިފަހުން ގެސްޓްހައުސްގެ ވިޔަފާރި އާންމު ވެފައިވާ ރަށެށް މޮނިޓަރިންގ ހާލަތަށްލީ ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު