ރެޒިޑެންޓް ވިސާ ދެވޭގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

މި ބިލް ރައީސް ތަސްދީގުކުރެއްވުމާއެކު ގާނޫނަކަށްވެ އަމަލުކުރެވެން ވަނީ ފަށާފައި މި ބިލް ރައީސް ތަސްދީގުކުރެއްވުމާއެކު ގާނޫނަކަށްވެ އަމަލުކުރެވެން ވަނީ ފަށާފައި

ރެޒިޑެންޓް ވިސާ ދެވޭގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.

މި ބިލުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ ބެލުމުގެ ދަށުން މީޓިންގ ވީސާއާއި ކޯޕަރޭޓް ރެސިޑެންޓް ވީސާ ބޭރު ފަރާތްތަކަށް ދެވޭނެއެވެ. މީޓިންގ ވިސާއަކީ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ބައްދަލުވުމަކަށް ނުވަތަ ކޮންފަރެންސެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެކެވެ.

ކޯޕަރޭޓް ރެޒިޑެންޓް ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކުގެ އިސްވެރިންނަށް ނުވަތަ އެ ބޭފުޅުންގެ އާއިލާއަށް އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭނަމަ ދޫކުރެވޭ ވިސާއެކެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިފިނަމަ އެ މީހަކަށްވެސް ރެޒިޑެންޓް ވިސާ ދޫކުރެވޭނެއެވެ. އަދި، 250،000 ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްކުރާ
ބިދޭސީންނަށްވެސް މި ވިސާ ލިބޭނެއެވެ. 

މި ބިލް ރައީސް ތަސްދީގުކުރެއްވުމާއެކު ގާނޫނަކަށްވެ އަމަލުކުރެވެން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު