މަނީ ލޯންޑަރިންގ ހުއްޓުވުމަށް ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މަނީ ލޯންޑަރިންގ ހުއްޓުވުމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓާއެކު އިންޓަޕޯލްގެ ރާއްޖޭގައި ހުންނަ ނޭޝަނަލް ސެންޓްރަލް ބިއުރޯ އިން ސޮއިކޮށްފިއެވެ.

މިއަދު މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހްމަދު ނާސިރުއެވެ. އިންޓަޕޯލްގެ ރާއްޖޭގައި ހުންނަ ނޭޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. 



މި އެމްއޯޔޫގައި ސޮއި ކުރެއްވުމަށްފަހު ޓްވީޓް ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން މަނީ ލޯންޑަރިންގ ހުއްޓުވައި ޓެރަރިޒަމްއަށް ފައިނޭންސް ކުރާ މީހުން ދެނެގަންނަން ފަސޭހަވާނެކަމަށެވެ. މި އެމްއޯޔޫގެ ސަބަބުން މިފަދަ ކުށްތައް ހުއްޓުވުމަށް އިތުރު ދޮރުތަކެއްވެސް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމަށް ގާނޫނުން އުފައްދާފައިވާ ގައުމީ މައި އިދާރާއެވެ. އެމްއެމްއޭގެ ދަށުން ހިންގާ މި ޔުނިޓަކީ ގިނަ ބާރުތަކެއް ލިބިދީފައިވާ ޔުނިޓެކެވެ. 

ކިޔުންތެރިންގެ ހިޔާލު