ސްކޫލު ދަރިވަރަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް ބަލަންފަށައިފި

ފަހަކަށް އައިސް ރޭޕް ކޭސްތައް ފެންމަތިވާވަރު ވަނީ ގިނަވެފައި ފަހަކަށް އައިސް ރޭޕް ކޭސްތައް ފެންމަތިވާވަރު ވަނީ ގިނަވެފައި

ސްކޫލް ދަރިވަރަކު ކުއްޖަކު ރޭޕްކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި، ކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ 15 އަހަރުގެ ފިރިހެން ކުއްޖާވަނީ އެކަމަށް އިއުތިރާފްވެފައެވެ. މި ސްކްރީންޝޮޓްތައް ޓްވިޓާއާއި ފޭސްބުކްގައި ދައުރުވަމުންދާތާ ދެތިން ދުވަސް ވެފައިވާއިރު، މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަ ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ.



މިކަމާ ގުޅިގެން އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން، ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ 15 އަހަރުގެ ފިރިހެން ކުއްޖާއަކީ އަހުމަދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ. މި ޓްވީޓަށް ރިޕްލައި ކުރަމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ މި ފަދަ މައްސަލަތައް އެ މިނިސްޓްރީއިން ވަރަށް ސީރިއަސްކޮށް ބަލަމުންދާކަމަށެވެ.

މި މައްސަލަވެސް މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ބަލަމުންދާކަމަށާއި މިނިސްޓްރީގެ ކަމާބެހޭ އޮފިޝަލުން މައްސަލައަށް އެޓެންޑްވަމުންދާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރޭޕް ކޭސްތައް ފެންމަތިވާވަރު ވަނީ ގިނަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު