ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މި ހާދިސާ ފުލުހުންދަނީ ތަހުގީގު ކުރަމުން މި ހާދިސާ ފުލުހުންދަނީ ތަހުގީގު ކުރަމުން

ލ.ގަމުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ލ.ގަން މަތިމަރަދޫ މާރުކޭޓު ކުރިމަތިން ހައިވޭގައެވެ. އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:30ގައެވެ. 

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު