ޒިޔަތުގެ ޝަރީއަތް: ހުކުމް ކުރުން މާދަމާ

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރްސީގެ މައްސަލާގެ ކޮރަޕްޝަން ހިންގި ކަމުގެ ކުށަށް އެތަނުގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމަކަށް ގޮސްފައިވާތީ، މި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ. ޒިޔަތަށް ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30އަށެވެ. 

ޅ. މާބިން ހުރާ މައްސަލައިގައި ޒިޔަތު އަށް އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްވައި ހައިކޯޓުން ތާއިދުކޮށްފައިވާ މައްސަލަ ޒިޔަތު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެންމެ ފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވީ މައްސަލަ އަނބުރާ ގެންދިޔުމަށް ޒިޔަތު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީއާ ގުޅޭ ގޮތުން ޒިޔަތާ ސުވާލު ކުރުމުން ވިދާޅުވީ އެއީ އެއްވެސް މަޖުބޫރު ކަމެއް ނުފޫޒެއް ނެތި ފޮނުވި ސިޓީއެއް ކަމަށާއި މައްސަލަ އަނބުރާ ގެންދަން އެދުނީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެގޮތަށް ނިމިފައިވާތީ ކަމަށެވެ. 

ދައުލަތުން ބުނީ މައްސަލަ އަނބުރާ ގެންދިޔުމާއެކު ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ.

ޒިޔަތު ކުށަށް އިއުތިރާފުވެފައިވާއިރު، އޭނާގެ މައްޗަށް 32 ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިނގައެވެ. އެއީ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އަވަސް ނިޔާގެ ގޮތުގައި ހިނގާނެ ޝަރީއަތްތަކެކެވެ. މި 32 ދައުވާއަށްވެސް ޒިޔަތު އެއްބަސްވެފައިވާތީ 11 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މީގެކުރިން އެފަދަ އެއްބަސްވުމެއް ހަދައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭގެ ދަށުން އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު