އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް ކޮންމެ ދުވަހަކުވެސް އެހީވުމަކީ އަމިއްލަ އުފަލަކަށް ހަދަންޖެހޭ: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް ކޮންމެ ދުވަހަކުވެސް އެހީވުމަކީ އަމިއްލަ އުފަލަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ދުނިޔޭގެ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ. 

މި މެސެޖުގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ދަރުމަވެރިއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މުޖުތަމައުގެ ބަދަހިކަމާއި، އުފާފާގަތިކަމާއި އޯގާވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.

މީގެއިތުރުންވެސް، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ވަރަށް މަތިވެރި ދިވެހި ސިފައެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން، ދަރުމަވެރިކަމުގެ މާތް ސިފައިން ޒީނަތްތެރިވުމަށް މި ޖީލުގެ ހުރިހާ ޒުވާނުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.

އަދިވެސް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލްވުމަށްޓަކައި ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ކޮންމެ ދުވަހަކުވެސް އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް އެހީވުމަކީ އަމިއްލަ އުފަލަށްޓަކައި ކުރާކަމަކަށް ހަދަންޖެހޭކަމަށް ޝޭހް އިމްރާން ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރެވެނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މިއީ ކާރިސާތަކާއި އެނޫންވެސް މުހިންމު ވަގުތުތަކުގައި ދަރުމަވެރިން ފޯރުކޮށްދޭ އެހީތެރިކަން އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ. މިއަހަރު ދަރުމަވެރިންގެ ދުވަހުގެ ޝިއާރަކީ "އެންމެ އެކުގައި ކާމިޔާބާއި ހަމައަށް ވާސިލްވުން" މިއެވެ.

ކިޔުންތެރިންގެ ހިޔާލު