ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިހާބުތަކުގައި ވާދަކުރެވޭ ގޮތް ހެދުމަށް ހުށަހަޅައިފި

ޢަލީ ޔާމީން
ފޮޓޯ :އޭއޯ ނިއުސް

ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިހާބު ތަކުގައި ވާދަކުރެވޭ ގޮތައް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓައް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަދ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.

އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިވާ ކަން ޖާބިރު ޓްވިޓަރ މެދުވެރިކޮށްވެސް ކަށަވަރުކޮށްދީފައިވާއިރު އެ ކަމާއި ގުޅިގެން ޖާބިރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި ގާނޫނު އަސާސީއާއި ހިލާފަށް އިތުރުކޮށްފައިވާ މާއްދާ އުވާލައި ޕްރައިމަރީތަކުން ބަލިވާ  ފަރާތްތަކަށްވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް އެދު ހުށަހަޅައިފައިވާނެ ކަމަށެވެ.

ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިހާބު ތަކުގައި ވާދަކުރެވޭ ގޮތައް ކަނޑައަޅައި ދިނުމަށް ޖާބިރު، ސްޕްރީމް ކޯޓައް މައްސަލައެއް ވައްދާފައި މިވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި މާލެ އަތޮޅު ކާށިދޫ ދާއިރާއަށް ވާދަކުރައްވާ އެ އިންތިހާބުން އޭނާ ނާކާމިޔާބު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު
އަޖޭ ދޭވްގަން
ދެން ކޮބާތޯ ޕްރައިމަރީއެއް ބޭއްވުމުގެ މަގްސަދަކީ؟ ހަމަ ވޯޓުދޭނީ ރައްޔިތުންބޭނުންވާ ބަޔަކަށް ދެއްތޯ؟ ބޭކާރު ޚަރަދާއި ވަގުތު!