ޒުވާންކަންމަތީ ހުރުމަށް "ގޮށް ރީނދޫ"

ޙުސެއިން ޝާހް

ރީނދުލަކީ ރާއްޖޭގެ މާހައުލުގައި ފަސޭހަކަމާއި އެކު ހެއްދޭ ބާވަތެކެވެ. ސިއްހީ ގޮތުން ބަލާނަމަ ގޮށް ރީނދުލަކީ އޭގައި ނުހަނު ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މިގޮތުން މުގުރާ ހިއްކައިފައިވާ ރީނދޫ ކުނޑި އަށްވުރެ ފައިދާބޮޑީ ތާޒާކަންމަތީ ހުންނަ ގޮށް ރީނދުލުގައެވެ.

ހަމުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ މޫނު އަލިކޮށް އުޖާލާކޮށް އޮމާން ކޮށްދިނުމަށް މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް އެހީތެރިވެދެއެވެ. ޒުވާން އުމުރު ފުރާގައި ދިމާވާ މޫނުގައި ބިހި އޮށާޅަ އަދި ލަކުނު ފިލުވާލުމަށް ގޮށް ރީނދޫ ބޭނުން ކުރެވިދާނެއެވެ.

މޫނުގެ ހަން ކުރަކިވުމުން ނުވަތަ ހިކުމުގެ މައްސަލައަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ދިމާވާ މައްސަލައެކެވެ. މިފަދަ މައްސަލައެއް އުޅޭނަމަ ގޮށް ރީނދޫ ބޭނުން ކުރެވިދާނެއެވެ. ގޮށް ރީނދޫ ބޭނުން ކުރާނެ ގޮތަކީ އެއްސަމުސާ ރީނދޫ ގޭނުމަށްފަހު އެއް ސަމުސާ ކިރު އަދި ފެން ފޮދެއް އަޅާ ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި އުނގުޅާނީއެވެ. ދެން އެގޮތައް 20 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ރީތި ފެންފޮދަކުން ދޮވެލާނީއެވެ. މިކަމަކީ ހަފްތާ އަކު އެއްފަހަރު ނަމަވެސް ކޮށްލަން ވަރަށް މުހިންމު ކަމެކެވެ.

ރާއްޖޭގެ މާހައުލަކީ ހޫނު މާހައުލެއް ކަމުގައިވާއިރު މޫނު ތެޔޮވުމުގެ މައްސަލައަކީ އެކަމަށް ހައްލެއް ނެތް ކަމެއް ކަމުގައި ފަހަރުގައި ހީވެދާނެއެވެ. ނަމަވެސް ބާރުގަދަ ކެމިކަލް އެކުލެވޭ ބާވަތްތަކުގެ ބަދަލުގައި މިދެންނެވި ގޮށް ރީނދޫ ގަވައިދުން ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ. މޭޒުމަތީ ސަމްސަލެއްގެ ހަތަރުބައިކޮށްފައި އެއްބަޔަށް ކާށިތެޔޮ ކޮޅެއް އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. އަދި އެގޮތުގައި 15 ވަރަކަށް މިނެޓް ބެހެއްޓުމަށް ފަހު ރީތި ފެންފޮދަކުން މޫނު ދޮވެލާށެވެ.

އިސްވެ ދެންނެވުނު ގޮތް ގޮތައް ގޮށް ރީނދޫ ބޭނުންކޮށްފި ނަމަ ހީވެސް ނުކުރާހާ އަވަހަށް އެކަމުގެ ނަތީޖާ ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
ޜަނާ
މޫނުގަ ރީދޫކުލަ ނުހިފާނެބާ!