ރަަމަޟާން މަސް ފެށުނު އިރު މާރުކޭޓުގައި ތަކެތީގެ އަގުތައް

ޢަލީ ޔާމީން
ފޮޓޯ: ޖަޒީރާ އިމޭޖްސް

މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަހަކީ އާންމު ގޮތެއްގައި ބާޒާރުމަތީގެ ކާރޫބާރޫ ބޮޑު މަހެކެވެ. ހާއްސަކޮށް ދަތުރުވެރިންގެ މާރުކޭޓާއި، މަސް މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓަށް އޮންނަ ޑިމާންޑް މި މަހުގައި ބޮޑުވެގެންދެއެވެ.

ރަމަޟާން މަސް ފެށިފައިވާއިރު މާރުކޭޓުތަކުގައި ތަކެތީގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޖުމްލަކޮށް ގިނަ ބާވަތްތަކެއްގެ އަގު އުފުލިފައިވާއިރު ބައެއް ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.

ދަތުރުވެރިންގެ މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓަށް ބަލާލާއިރު ރޯދަމަހަށް މާރުކޭޓު އޮތީ ދޮންވެ ފައްކާވެފައެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ތާޒާ ތަރުކާރީއާއި، މޭވާގެ އިތުރުން ފަތްޕިލާވެއްޔެވެ. މުޅި މާރުކޭޓު ތޮއްޖެހިފައިވާއިރު ވިޔަފާރިވެރިން އެމީހުންގެ ހަރު އަޑުތަކުން މާރުކޭޓަށް ތަކެތި ގަތުމަށް ވަދެ އުޅޭ މީހުންނަށް އަގުތައް ކިޔާދެމުން ދެއެވެ. 


ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގުތައް ބަލާލުމަށް ދެތިން ވިޔަފާރިއަކާއި "ޖަޒީރާ ނިއުސް"ގެ ފަރާތުން ކުރި ސުވާލުތަކުން ބާޒާރުގައި އާންމުކޮށް ގިނަ ތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަވިއެވެ. ހާއްސަގޮތެއްގައި ކާށި، ކަނޑޫދޫ މިރުސް، އަދި ފަތުގެ ބާވަތެއް ކަމަށްވާ ލެޓިއުސްގެ އިތުރުން ކަރާގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ.

މިއަދު ބާޒާރުގެ ތަކެތީގެ އަގުތައް 

1. ކަރާ 40ރ އާއި 45ރ އާއި ދެމެދު ކިލޯ

2. ލެޓިޔުސް 200ރ އާއި 250ރ އާއި ދެމެދު

3. ތޮޅި މިރުސް 200ރ ކިލޯ

4. ގިތެޔޮ މިރުސް 950ރ އާއި 1000ރ އާއި ދެމެދު ކިލޯ

5. ކެރެޓް 25ރ ކިލޯ

6. ކިޔުކަމްބާ 50ރ ކިލޯ

7. ލުނބޯ 35ރ ކިލޯ

8. ކާށްޓެއް 8ރ އާއި 20އާ ދެމެދު

9. ގަބުޅި 30 އާއި 40އާ ދެމެދު

10. ކުރުނބާ 20 އަދި 25ރ 

11. ފޭރު 65ރ ކިލޯ

12. ފެޝަން ފުރުޓް 50ރ ކިލޯ

13. ބީންސް 60ރ ކިލޯ

14. މުރަނގަތޮޅި 45ރ ކިލޯ

15. ބަނބުކޭލެއް 7ރ އަށް

16. ކޮޕީފަތް ( ބޮޑިއެއް 10ރ އަށް)

17. ކެބެޖު 55ރ އާއި 60 ރ އާއި ދެެމެދު ކިލޯ

18. ކެޕްސިކަމް 60ރ ކިލޯ

19. ފަޅޯ 18ރ އާއި 20ރ އަށް ކިލޯ

20. ލީކްސް 55ރ އަށް ކިލޯ

21. ބަށި 40ރ އަށް ކިލޯ

22 ކިއުކަންބާ 30ރ ކިލޯ

ބައެއް ތަކެތީގެ އަގުތައް އުފުލެނީ ކީއްވެ؟

ކަނޑޫދޫ މިރުސް


ވިޔަފާރިވެރިން ބުނާ ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެގެން ދިޔައީ ކަނޑޫދޫއިން މިރުސް ލިބޭ ވަރު މަދުވުމުންނެވެ. މިއަހަރުގެ ހޫނު މޫސުމާއި ގުޅިގެން ކަނޑޫދޫގެ މިރުސް ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދާނީ އުފުލެމުންނެވެ.

ކަރާ

ރާއްޖޭގައި އާންމުކޮށް ކަރާ ހައްދާ އުޅެނީ ހައްދުންމައްޗާއި، އއ.ތޮއްޑޫގައެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް ފެށުނު އިރުވެސް އއ ތޮއްޑޫގެ ކަރާ މާރުކޭޓާއި ހަމައަށް ވާސިލްވާ ގޮތެއް ނުވިއެވެ. ވިޔަފާރިވެރިން ބުނާ ގޮތުންނަމަ ތޮއްޑޫ ކަރާ ލިބެން ފަށާނީ ރޯދަމަހުގެ ދެވަނަ ހަފްތާއިން ފެށިގެންނެވެ. އަދި ބާޒާރުގައި ކަރާގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީވެސް އެއީކަމުގައި ދަތުރުވެރިން ބުނެއެވެ.

 ކާށި


ކާއްޓަކީ ރަމަޟާންމަހު އާންމުކޮށް ކެއްކުމުގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެކެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް އައިސް ދިވެހިންނާއި ބައްދަލު ކުރި އިރު ކާށީގެ އަގު ވަނީ ރަނަށްވެފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ކާށީގެ އަގު އުފުލުނީ މާލެއަށް ކާށި ގެނެވުމުގައި ދަތިތަކެއް ހުރުމާއި، ކާށި ލިބުމުގައި ދަތިތަކެއް ހުރީމައެވެ. ނަމަވެސް ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ކާށީގެ އަގު ދައްވާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލެޓިއުސް

ލެޓިއުސްއަކީ އާންމުކޮށް ރާއްޖެއިން ބޭރުން އެތެރެކުރާ ފަތުގެ ބާވަތެކެވެ. ރޯދަމަހު އެންމެ ބޮޑު ޑިމާންޑެއްް އޮންނަ ފަތުގެ އެއްބާވަތަކީވެސް ލެޓިއުސްއެވެ. ލެޓިއުސްގެ އަގު އުފުލުގެން ދިޔައީ އެ ފަތަށް އޮންނަ ޑިމާންޑްގެ ސަަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ހިކިމަސް އަދި މަސްމާރުކޭޓު

ކަނޑުމަސް


  1. ކަޅުބިލަމަސް 35ރ އާއި 50ރ އާއި ދެމެދު ކިލޯ
  2. ކަންނެލި 45ރ އާއި 50ރ އާއި ދެމެދު ކިލޯ

އެހެނިހެން 


  1. ދޮން ނޫމަސް 20ރ އަށް 4 މަސް
  2. މުށިމަސް 20ރ އަށް ތިން މަސް
  3. ބޯވަތިލަމަސް 100ރ އަށް
  4. މާނިޔަމަހެއް 40ރ އަށް
  5. ރިއްމަސް 20ރ އަށް 4 މަސް
  6. ގިއުޅެއް 50ރ އަށް
  7. ހަންޖެއް 100ރ އާއި 200ރ އާއި ދެމެދު
  8. ހެޔޮވަރުގެ ރަތްމަހެއް 150ރ އަށް
  9. ތުތިބޯވަދިލަމަސް 200ރ އާއި 300ރ އާއި ދެމެދު
  10. ރީނދޫ މަސް 20ރ އަށް ތިން މަސް
  11. ތޮޅި 40ރ އަށް ކިލޯ

މަސްމާރުކޭޓުގައި އެންމެ މަދީ ލައްޓިއެވެ. އަދި ފަރުމަހުގެ ބައެއް ބާވަތްތައްވެސް މަދެވެ. އެގޮތުން ރަތްމަސް، ގިއުޅު ފަދަ މަސްތައް މަދެވެ.

ވަޅޯމަސް މާރުކޭޓަށް ބަލާލާއިރު އެންމެ ބޮޑަށް އުފުލިފައި ވަނީ ވަޅޯމަސް އަދި ހިކި މަހުގެ އަގެވެ. 


އެގޮތުން ހިކިމަސް ކިލޯއެއް 60ރ އާއި 70ރ އަށް ލިބެން ހުރި އިރު ވަޅޯމަސް އުޅެނީ 100ރ މަތީގައެވެ. ވަޅޯމަސް މާރުކޭޓުގައި ކުރުމަސް ކިލޯއެއް ލިބެން ހުރީ 110ރ އަށެވެ. އަދި ހިބަރު ކިލޯއެއް 100ރ އަށެވެ.

ރަމަޟާން މަހުގައި މާރުކޭޓުގަތުގައި ވިއްކާ ބައެއް ތަކެތީގެ އަގުބޮޑުވުމުން ގިނަ ރައްޔިތުން ދަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު