ސްކޫލްތައް ބަންދު، އީދު ޗުއްޓީއަށް އެންމެން ރަށަށް

ސަދާ ސައީދު

ދަރިވަރުން ސްކޫލްތަކުން ނުކުމެގެން އެ އަންނަނީ އެންމެ ފުރިހަމަ ހިނިތުންވުމާއި އެކީގައެވެ. މިދިޔަ ޓާރމް ގައި އެކުދިން އަގުހުރި ވަގުތުތަށް ކިޔެވުމުގައި ހޭދަ ކުރުމަށްފަހު އޭގެ ފޮނި ނަތީޖާ ތަކާއި އެކުގައެވެ. ކިޔެވުމުގެ ބުރަ ދުވަސްތަކަށްފަހު ޗުއްޓީއެއް ލިބި އަމިއްލަ ވަޒަނަށް، އަންނަން އޮތް އީދުގައި މަޖާކޮށްލަން ދެވޭނެތީ އެ ހިތްހަމަ ޖެހުމާއި އެކުގައެވެ.

2019 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން މިއަދު ބަންދުވި އިރު ދަރިވަރުންނަށް ލިބިގެންދަނީ މިއަދާއި ލައިގެން 10 ދުވަހުގެ ޗުއްޓީއެކެވެ. ކިޔެވުމާއި ދުރަށް ގޮސް ސިކުނޑި ހަމަޔަކަށް އަޅަން މީ ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. 

ފުރަތަމަ ޓާރމުގެ ކިޔެވުން ނިމި ސްކޫލްތައް ބަންދުވެގެން ދިޔައިރު، އާ ސަރުކާރު އައިސް ވަނީ ތައުލީމީ ދާއިރާއަށް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ ކަންތަކެއް ކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން ބަލާއިރު، ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި ފެށިިއިރު ދާދި ފަހުން ވަނީ 10 ސްކޫލެއްގެ ރިޕޯޓް ފޮތްވެސް ޑިޖިޓަލްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފައިވަނީ 73،000އަށް ވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ އަޤީދާގެ މަތީގައި ދެމިތިބި، އަޚުލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުމެވެ. އޭގެ އިތުރުން ކުޅިވަރާއި އެހެން ހުނަރުތައް ތަރައްޤީކުރުމުގެ ބަޔަށް އިތުރު ސަމާލުކަމެއް ދޭން، މިނިސްޓްރީން ބޭނުންވާކަމަށް އެބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.

ފާހަަގަކޮށްލަންޖެހޭ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅުއްވަފައިވާ ދާއިރާއަކީވެސް ތައުލީމީ ދާއިރާއެެވެ.

ކިޔުންތެރިންގެ ހިޔާލު