ޤައުމީ މަލީކް، "މަދިރި ހޯހޯ" ކެމްޕޭން ޤައުމީ ފެންވަރުގައި ފަށައިފި

ޢަލީ ޔާމީން

އުމުރުން އެންމެ ފަސް އަހަރުގެ އަހުމަދު މަލީކް ވަހީދު (މަލީކް) އަކީ މިއަދު ދިވެހިންނަށް އާ މޫނެއް ނޫނެވެ. އެންމެ ފަސް އަހަރުގައި މަލީކް އެވަނީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދައިފައެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން ރާއްޖޭގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ގާތް އެކުވެރިއަކަށް މަލީކް މިހާރު މިވަނީ ވެފައެވެ. ރައީސް ޞޯލިހަކީ މަލީކްގެ މިސްކިތު ފްރެންޑެވެ.

މަލީކް އަކީ އުމުރުން ހަގެއް ކަމަކު، ކުޅަދާނަ ހުނަރުވެރި ކުއްޖެކޭ ބުނެވިދާނެއެވެ. މިނިސްޓަރު މަހުލޫފާއި އެކުގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މަލީކް އޭނާގެ ހުނަރު ދައްކާލިއިރު، މަލީކް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ރައީސް ޞޯލިހާއި އެކު އާންމުވި، "މިސްކިތު ފްރެންޑް" ވީޑިއޯއިންނެވެ.

މުޅި މީސް މީޑިއާގައި މަލީކްގެ ނަން ވިދަވިދާ އޮއްވާ އަނެއްކާވެސް މިވަނީ އޭނާގެ ނަން އިތުރަށް ވިދާލައިފައެވެ. މިފަހަރު މިސްކިތު ފްރެންޑެއް ނޫނެވެ. ރަމަޟާން މަހުގެ މަތިވެރި ރޯދައިގެ އަޅުކަން ނިންމާލުމުގެ އުފަލުގައި އައި ފިތުރު އީދުގެ މުނާސަބާ މަލީކް ފާހަގަކުރީ ޤައުމީ ކެމްޕޭނަކުންނެވެ. އަބަދުވެސް ޤައުމުދެކެ ލޯބިވާ، ޤައުމީ ވަންތަ މަލީކް މިފަހަރު ފެށީ ރާއްޖޭގައިވެސް ގިނަ ބަޔަކު އެ ބައްޔެއްގެ ތަކުލީފާއި ވޭން އުފުލަން ޖެހިފައިވާ ޗިކަންގުންޏާއާއި، ޑެންގޫ ފަދަ ބަލިތަކުގެ ސަބަބު ކަމުގައިވާ މަދިރި ނައްތާލުމުގެ ހާއްސަ ކެމްޕޭނެވެ. "މަދިރި ހޯހޯ"ގެ ނަމުގައި ރާއްޖޭގެ އެންމެ ބޮޑު އިންސުއަރެންސް ކުންފުނި އެލައިޑް އިންސްއަރެންސާއި ގުޅިގެން މަލީކް ފެށި މި ކެމްޕޭނަކީ މަދިރި އަލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމަށް ފެށިގެން ދިޔަ ޚާއްސަ ކެމްޕޭނެކެވެ.

މަލީކް ބުނި ގޮތުގައި މި ކެމްޕޭން ފަށަން ޖެހުނީ، އޭނާގެ އެކުވެރިއެއް ޗިކަންގުންޏާ ޖެހުމުން ކަމަށެވެ. އަދި އީދު ނަމާދަށް ފަހު މިސްކިތުން ގެއަށް އައި މަގުމަތީގައި މަދިރި އާލާވާ ގޮތައް ހުރި ތަންތަން ފެނުމުން ކަމަށެވެ. 

ކުޑަކުޑަ މަލީކް މިފެށި ކެމްޕޭނުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ މި ކެމްޕޭނަށް އަހަރެން މަރުހަބާ ކިޔަމެވެ. "މަދިރި ހޯހޯ"އެވެ. "މަދިރި ހޯހޯ"އެވެ.

ކިޔުންތެރިންގެ ހިޔާލު
ާލައި
މި އެޑް ވަރަށް ރީތި. ޢެކަމަކު މިކުއްޖާ މި އެޑަށް ލާކަށް ކަމަކު ނުދޭ. ޥާހަކަދައްކާ އިރުވެސް ވަރަށް އަދަބު އިހުތިރާމް ކުޑަ ގޮތަށް ވާހަކަ ދައްކާ ކުއްޖަކު ކުޑަކުދިންނަށް ހުރި ރޯލްމޮޑެލް އެއް ގޮތުގައި އެޑް ތަކުގައި ހިމަނާކަށް ނުފެނޭ. މާ ބޮސީ ފާޑަށް އުޅެނީ
ލާއި އަމާ
ލާއި ޖޭ ނުވެބަލަ.. އެއީ ކުޑަ ކުޑަ ކުއްޖެކޭ އަދި..ކޮން ބޮސީ އެކޭ ކިޔާކަށް ތި ހަމަ ޖޭ ވަނީ.. އޭނަ އެއްވެސް ބޮސީ އެއް ނޫން.. ވަރަށް ލޯބި ހަމަ މާޝާﷲ 😍