ހަޤީޤީ ވާހަކަ: މާލެ އައީ ކިޔަވަން، ކުރަން ޖެހުނީ ނޯކަރީ ކަން

ޢަލީ ޔާމީން

"ނޯޓް: މިއީ މާލޭގެ ކޮލެޖެއްގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރަކު "ޖަޒީރާ ނިއުސް" އަށް ހިއްސާކުރި މައުލޫމާތުގެ މައްޗަށް އެކުލަވާލާ ލިޔެފައިވާ ވާހަކައެކެވެ."

ރަށު ސްކޫލުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވައިގެން އަހަރެން މާލެ ބަދަލުވީ، މައިންބަފައިންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖައްސައިދިނުމަށެވެ. އެއީ އަހަރެން އެންމެ ކިޔަވަން ބޭނުންވާ ދާއިރާ އިންފޮމޭޝަން ޓެކްނޮލޮޖީ(އައިޓީީ)ގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. މާލެއަކީ އަހަރެންގެ ގާތްތިމާގެ މީހުން ދިރިއުޅެމުން އަންނަ ތަނެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އާއިލީ ރަހުމަތްތެރިން މާލޭގައި ދިރިއުޅެއެވެ. ކަންދިމާކުރި ގޮތުން އަހަރެން މާލޭގައި ހުންނަން ހަމަޖެހުނީވެސް އެފަދަ ރަށްޓެއްސެއްގެ ގޭގައެވެ.

އަހަރެން ހީކުރީ މާލޭގެ ދިރިއުޅުން ރަށްފުށުގެ ދިރިއުޅުމަށް ވުރެ އަމާންވާނެ ކަމަށެވެ. އަދި ރަށްފުށުގައި ބުރަކޮށް ގެވެހި މަސައްކަތް ކުރި ނަމަވެސް މާލޭގައި މަސައްކަތެއް ނުކޮށް ހަމަ އެކަނި ކިޔެވުމާއިގެން މަސްއޫލުވެވޭނެ ކަމަށެވެ. ނަމަވެސް ކަންދިމާކުރީ އަހަރެންގެ ހީއާއި ދިމާ އިދިކޮޅަށެވެ. ކުލި ދީގެން ހުށްޓެއް ކަމަކު އަހަރެން އުޅޭ ގޭގެ ހުރިހާ މަސައްކަތެއްހެން ކުރަން ޖެހެނީ އަހަންނާއެވެ. ތަށި ދޮވުމުން ފެށިގެން އަންނައުނު ދޮވުމާއި، ތިންވަރިއަށް ކެއްކުންވެސް މިހާރު އެއީ އަހަރެންގެ ޒިންމާއަކަށް އޮތީ ހަދާފައެވެ. އަހަރެން ދިރިއުޅެމުން އަންނަ ގޭގައި އުޅެނީ ދެމެފިރިންނާއި އެ މީހުންގެ ތިން އަންހެން ދަރިންނެވެ. އެއްކުއްޖެ އުމުރުން ހަ އަހަރެވެ. އަނެއް ދެކުދިންނަކީ 14 އަހަރާއި 10 އަހަރުގެ ކުދިންނެވެ.

ގޭތެރޭގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ހަޤީޤަތުގައި އަހަރެންގެ ކިޔެވުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ބައެއް ދުވަސް ދުވަހު ކުލާހަށް ނުދެވުމުގެ ސަބަބުން މުހިންމު ފިލާވަޅުތައް ގެއްލެއެވެ. ނަމަވެސް މިކަމުގެ ޝަކުވާ ކުރާކަަށް އަހަންނަކަށް ނުކެރެއެވެ. އެއީ އަހަރެންގެ މައިންބަފައިންނާއި، ގޭގެ ދައްތަމެންނާއި އޮންނަ ގާތް ގުޅުމުގެ ސަބަބުންނާއި، ހުދު އަހަރެންވެސް އެގޭގައި ދިރިއުޅޭތީއެވެ. އެހެންކަމުން ޝަކުވާއެއް ނުކޮށް، ނުތަވަސްވެފައި ހުރި ހިތަކާއި އެކު އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދިޔައީމެވެ. ނަމަވެސް ދުވަސްތައް ފާއިތުވެގެންދާ ވަރަކަށް އަހަރެން ކުރަން ޖެހޭ ކަންކަން ދިޔައީ އިތުރުވަމުންނެވެ.

ދައްތަގެ ދަރިން ބެލުމާއި، އެކުދިންނަށް ކާންދިނުމަކީވެސް އަހަރެންގެ ޒިންމާއަކަށް ހަދައިފިއެވެ. ދައްތައަކީ މާ ގިނަ މަސައްކަތެއް ކުރާ މީހެއް ނޫނެވެ. ގިނަ އިރު ދައްތަ އުޅޭނީ ހިންދީ ޑްރާމާ ބެލުމުގައެވެ. ދައްތަގެ ފަރާތުން ކިރިޔާވެސް މަސައްކަތެއް ފެންނާނީ ބޭބެ ގޭގައި އުޅޭ ގަޑިއެއްގައެވެ. ފަހަރުގައި އެއީ ދެއްކުންތެރިކަން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ފިރިމީހާކަމަށް ވުމުން މާ ހިތްހެޔޮ މީހަކަށް ވާން އުޅެނީއެވެ.

ހަޔާތުގެ ދުވަސްތައް މިފަދަ އަނދިރިގަނޑެއްގެ ތެރޭގައި ގުނަމުންދިޔައީމެވެ. ހިތާމައާއި ހިތްދަތިކަމުގައެވެ. ކިޔެވުމަށް އެކަށީގެންވާ ވަގުތު އަހަންނަށް ނުދެވުމުން، ނަތީޖާއަށް އެކަމުގެ އަސަރު ދިޔައީ އިންތިހާއަށް ކުރަމުންނެވެ. ފޮނި އުންމީދަކާއި އެކު މާލެ އައިސް އަހަރެން މިޖެހުނީ ބައެއްގެ ނޯކަރީކަން ކުރާށެވެ. އެހެނަސް ފަރުވާލެއް ނެތެވެ. މިގޮތުގައިވެސް އަހަރެން ކިޔަވާނަމެވެ. މައިންބަފައިންގެ ހުވަފެން ހަޤީޤަތަކަށް ހަދާދޭނަމެވެ. އަހަރެންގެ ހިތަށް އަހަރެއެވެ. އަހަރެންފަދައިން ކިތައް ކުދިން މިހާލުގައި މި ފުރަ މާލޭގައި ދިރިއުޅޭނެބާއެވެ!

ކިޔުންތެރިންގެ ހިޔާލު
ޥފ
ޢެމީހުން މަންޖެ ގެ މައިންބަފައިން ނައް އެއްވެސް އިހުތިރާމެއް ނުކުރާކަން ތި އެގެނީ ދެން މަންޖެ ކީއްކުރަން ތި ގޭގަ އުޅެނީ ..އަހަރެންނެއް ނުހުންނާނަން
ރަށުމީހާ
މިވާހަކައިގައި އަދިއެއްބައި މަދު. އަންހެން ކުއްޖެއްނަމަ ތިބުނާ ބޭބެގެ ނުވަތަ ތިމާގެ އެހެންމީހެއްގެ ނަމަވެސް ޖިންސީ ގޯނާއެއް ނުލިބި މާލޭގެއެއްގައި ކިޔަންވަން ފައިބާހުންނަ ކުއްޖަކު ސަލާމަތް ވުމަކީ ހުކުރު ހައްޖެއް ފަދަ ކަމެއް. މީ މީގެ ވިއްސަކަށް، ފަންސަވީހަކަށް އަހަރު ކުރިން އަހަރުމެން މާލޭގޭގޭގައި ކިޔަން ތިބިއިރުވެސް ހާލަތު. އޭރު ސްކޫލުން ދިމާވި އަހަރުމެން ފަދަ ރާއްޖެތެރޭ ކުދިންގެ މަދުކުއްޖަކައް ނޫނީ ކޮންމެވެސް ނުރައްކަލެއް ދިމާވެފައި އޮތީ.
ސަނާ
ދައްތައަށް ލަނޑެއްދީ. ބޭބެ ކަޓުވާލާ. އޭރުން ދައްތަ ޖެހޭނީ ބަދިގެޔަށް ވަންނަން. މަންޖެ ހަމަ ކިޔަވަންވީ.
ދައްތައަށް ޒަހަރުލާފަ ފަތަފޮޅި ފިހެފަ ކަަންދީބަލަ! ތިކަން އިސާހިތަކު ނިމޭނެ....