ޖަޕަނީޒް މާޗާ ޓީ އިން އެންޒައިޓީ ލެވެލް ކުޑަކޮށްދޭ

ހުސައިން ނަޒީފް
ފޮޓޯ: ގޫގުލް

އެންޒައިޓީ ދަށްކޮށްދިނުމުގެ އިތުރުން ޖަޕަނީޒް މާޗާ ޓީ އަކީ ގިނަގުނަ ސިއްޙީ ފައިދާތަކެއް ލިއްބައިދޭ އެއްޗެއް ކަމުގައި ދިރާސާވެރިން ބުނެފި އެވެ.

ޖާނަލް އޮފް ފަންކްޝަނަލް ފުޑްސްގައި ޗާޕުކޮށްފައިވާ މި ދިރާސާ ކޮށްފައިވަނީ މީދާތަކެއްގެ މައްޗަށެވެ. އެގޮތުން އެ ދިރާސާއިން ދެއްކި ގޮތުގައި މާޗާ ކުނޑި ނުވަތަ މާޗާ އެސެންސް އިން މީދާތަކުގެ އެންޒައިޓީ ދަށްވި ކަމަށެވެ.

ދިރާސާވެރިން ބުނާގޮތުގައި މާޗާ ޓީ އިން އެންޒައިޓީ ތިރިކޮށްދެނީ، ޑޮޕެމައިން ޑީ1 ރިސެޕްޓާތަކާއި، ސެރޮޓޮނިން 5-އެޗްޓީ1އޭ ރިސެޕްޓާތައް އެކްޓިވޭޓްކޮށްގެންނެވެ. މި ދެ މާއްދާއަކީ ވެސް އެންޒައިޓީ އާއި ގުޅުންހުރި ދެ މާއްދާއެކެވެ.

ޖަޕާންގެ ކުމަމޮޓޯ ޔުނިވާސިޓީ އިން ކުރި މި ދިރާސާގެ ލިޔުންތެރިއެއް ކަމުގައިވާ ޔޫކީ ކުރައުޗީ ވިދާޅުވީ އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށާއި، ނަމަވެސް ޒަމާނުއްސުރެ ބޭސްފަރުވާކުރުމުގައި ބޭނުންކުރަމުން އަންނަ މާޗާ އަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއްކަމުގައި މި ދިރާސާއިން ދައްކައިދޭ ކަމަށެވެ.

މީގެ އިތުުރުން އެކިވައްތަރުގެ މާޗާ އެސެންސްތަކުގެ އެންޒިއޮލިޓިކް އެކްޓިވީ ތަހުލީލްކުރުމުން އެނގިގެންދިޔައީ 80 އިންސައްތަ އިތެނޯލްއިން ހޯދި މާޗާގެ އަސަރުތައް، ހުސް ފެނުން އުފެއްދި މާޗާއަށްވުރެ ބާރުގަދަ ކަމަށެވެ. މާޗާ ކުނޑި އަކީ 90 އިންސައްތަ ހިޔަލުގައި ބޮޑުކުރާ ކެމީލިއާ ސައިނެންސިން ގްރީން ޓީ ގަސްތަކުގެ އާ ފަތްތައް ހިމުންކޮށް މުގުރައިގެން އުފައްދާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު