އެކަނި މާއެކަނި ނުކުމެ ބަނދަރާއި ދިމާ ފަޅުތެރެ ސާފުކޮށް ނަމޫނާ ދައްކައިފި

އަލީ އިބްރާހިމް
Flowers ފޮޓޯ :ނައުޝާދު އަބްދުﷲ

ތިމާވެށްޓަށް ލިބެމުން އަންނަ ގެއްލުމުގެ ވާހަކައަކީ އިއްޔައަކު މިއަދަކު ދައްކަމުން އައި ވާހަކައެއް ނޫނެވެ. ނަމަވެސް ތިމާވެށްޓައް ލިބެމުން އަންނަ ގެއްލުންތަކާއި މެދުގައި ކަންބޮޑުވަނީ ހާހަކުން މީހެކެވެ. އެއީ ތިމާވެށްޓައް ލިބެމުން އަންނަ ގެއްލުމުގެ ސަބަބުން ފަހުން ކުރިމަތިވެދާނެ ނުރައްކަލަކަށް އެބައިމީހުން ނުވިސްނާތީއެކެވެ. ނަމަވެސް އުފާކުރަންވީ ކަމަކީ ތިމާވެށި، އަޅުގަނޑުމެންގެ ކިބައިން އާދޭހާއި އެކުގައި ގޮވާ ގޮވެލީގެ އަޑު އަޅުގަނޑުމެންގެ ބައެއް ފަރާތްތަކުގެ ކަންފަތްތަކަށް އަޑު އިވޭތީއެވެ. އަދި ތިމާވެށީގެ އާދޭހާއި އެކު ތިމާވެށްޓަށް ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާ ދިވެހި ލޭ ހިނގާ ދިވެހި ދަރީން މި ފަސްގަނޑުގައިވެސް އުޅޭތީއެވެ.

އެގޮތުން ތ. ކަނޑޫދޫއަށް އުފަން މުހައްމަދު އިރުޝާދަކީ ފާހަގަކޮށްލެވޭ ޒުވާނެކެވެ. އިރުޝާދު ވަނީ އެކަނި މާއެކަނި ކަނޑޫދޫގެ ބަނދަރާއި ދިމާ ފަޅުތެރެއަށް ލައްވެފައި ހުރި ފުޅިއާއި އެނޫންވެސް ކުނި ބުނި ނަގައި ނަމޫނާ ދައްކައިފައެވެ. އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތުގައި ރަށުގެ ގިނަ މީހުން އަތިރިމަތީގައި އޮލަވާކަތަކުގައި ތިއްބާ އިރުޝާދު ފެށި މި މަސައްކަތް އޭނާ ނިންމާލީ ރަށުގެ ބަނދަރާއި ދިމާ ފަޅުތެރެއަށް  ޖަމާވެފައި ހުރި ހުރިހާ ކުނި ބުންޏެއް ނެގުމަށް ފަހުގައެވެ. އެންވައްޓެއްގެ އެހީގައި އިރުޝާދު ބަނދަރާ ދިމާ ފަޅުތެރޭގެ އެކި ސަރަހައްދުތަކަށް ޖަމާވެފައި ހުރި ކުނިތައް ނަގައި ބޮޑު ގޯންޏަކަށް އެޅިއިރު ކައިރީގައި އޭނާގެ މަސައްކަތް ބެލުމަށް ރަށުގެ ބައެއް ޒުވާނުން ހަރަކާތްތެެރިވިއެވެ.

އިރުޝާދުގެ މި މަސައްކަތަކީ ނަމޫމާއެކެވެ. އެއްވެސް ފަރުވާލެއް ނެތި ހިތު ހުރިތާކަށް ކުނި އުކާ މީހުންނަށް ދެވުނު މުހިންމު މެސެޖެކެވެ. ތިމާވެށްޓަށް ކޮށްދިން މުހިންމު ހިދުމަތެކެވެ.

އެހެންކަމުން އިރުޝާދު ފަދަ ފަރާތްތަކުގެ ކިބައިން ނަމޫނާ ލިބިގަނެ ރާއްޖެއަކީ ސާފު އަދި ރީތި ތަނަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަން އެބަޖެއެވެ. ސާފު އަދި ހިތްގައިމު ތަނަކަށް ރާއްޖެ ހެދޭނީ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް ފަރުދީ ޒިންމާ އިސްކޮށްގެނެވެ.

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު
ދާވަނި
ދާވަނި އިން ކުނި ނެގޭތަ.. އެންވަށްޓެއް ނޫންތަ