ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޢަލީ ޔާމީން

ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. ކޮމަންޑޫ އަންބަރީ ދޯންޏެވެ.

އަދި އެ ދޯނި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު މަލިކުގައި ބަނދަރުކޮށްފައިވާ ކަމަށް ހަބަރު ލިބޭއިރު، އެ ދޯނި އިންޑިއާ ސިފައިންގެ ބެލުމުގެ ދަަށަށް ގެންދިޔައީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުވެ، އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުންނެވެ.

ނަމަވެސް އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖޭގެ އެއްވެސް މަސް ދޯންޏަކުން އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ.

މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ބޯޓު އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު