ހަޤީޤީ ހާދިސާ: ހުޅުމާލެ ހައިވޭއިން ދިވެހި ޒުވާނަކަށް ކުރިމަތި ނާމާންކަން

ފޮޓޯ: ވޮއިސް ފޮޓޯ: ވޮއިސް

"މިއީ މި ހާދިސާ ހިނގި ފަރާތުން "ޖަޒީރާ ނިއުސް"އަށް ދީފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާގެ އަސްލު ނުގެއްލޭނެހެން އުނި އިތުރު ގެނެސްފައިވާނެއެވެ."

ޖިންނި ސައިތާނުންގެ ވާހަކައަކީ އަހަރެން މީގެ ކުރިން އެހާ ބޮޑަށް ޤަބޫލު ކުރަން ބޭނުން ވާ ވާހަކައެއް ނޫނެވެ. އެފަދަ ވާހަކައެއް ދެއްކިޔަސް އަހަރެން ގާތަަށް ގިނަ ފަހަރު އަންނަނީ ހިންޏެވެ. އަހަންނަށް އެކަން ވަނީ މުސްކުޅި ބޯދާ ކަމަކަށެވެ. ޖިންނި ސައިތާނުންގެ ވާހަކަތައް އަހަރެން ޤަބޫލުކުރަން ފެށީ އަހަންނަށް އެފަދަ ނާމާންކަމެއް ކުރިމަތިވުމުންނެވެ.

އެއީ މިދިޔަ ހަފްތާގެ ހޯމަ ވިލޭރެއެވެ. އަހަރެން ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. ނަމަވެސް ވަޒީފާއަށްދާން ޖެހެނީ ފުރަ މާލެއަށެވެ. ބައެއް ދުވަސް ދުވަހު ވަޒީފާގައި އުޅުމަށް ފަހު އަހަންނަށް ގެއަށް އާދެވޭއިރު އޮންނަނީ ވަަރަށް ދަންވެފައެވެ. 

އާދައިގެ މަތިން އެރޭވެސް ހުޅުމާލެ ދިއުމަށް ސިނަމާލެ ބުރިޖުންލާފައި ގޮސް ހުޅުލެ-ހުޅުމާލެ ހައިވޭއިން  ދަތުރުކުރަމުން ދިޔައީއެވެ. މުޅި ހައިވޭގައިވެސް އެވަގުތު ދަތުރުކުރަމުން ދިޔައީ އަހަރެން އެކަންޏެވެ. އަރިމަތީގައި ދިއްލާފައި ހުރި މަގުބައްތިތަކުގެ އަލި ނޫން އިތުރު އެއްވެސް އަލިކަމެއް އެތާކު ނެތެވެ. އަހަރެން ސައިކަލު ދުއްވާފައި ދިޔައީ ފުދޭވަރަކަށް ބާރު ސްޕީޑުގައެވެ. އެއީ ވެފައިވާ ވަރުބައްޔާއި، ނިދި އައިސްފައި ހުރިލެއްވެސް ބޮޑު ކަމުން އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތް ދޮށުގައި އަހަރެންގެ ނަމުން މީހަކު ގޮވާލިއެވެ. އަހަރެން ސިއްސައިގެން ގޮސް ފަހަތް ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ދެން އެނބުރި ކުރިމައްޗަށް ބަލާލިއިރު އަހަންނަށް ފެނުނީ، އަހަރެންގެ ކުރިމަތިން އަންހެނަކާއި ވައްތަރު އެއްޗެއް ހުރަސްކޮށްލި ތަނެވެ. ބަލަބަލާ ހުއްޓާ އެ އެއްޗެއް ގޮސް ގެއްލުނެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. އެއާއި އެކު ސައިކަލުގެ ސްޕީޑު އެންމެ ބާރުކޮށްލީމެވެ. އެއިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. 

ހުޅުމާލެ ގޮސް ގެއަަށް ވަދެވުނުތަނާހެން އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. އެއާއި އެކު އަހަރެންގެ ހޭވެރިކަން ގެއްލުނެވެ. އަހަރެން ހޭވެރިކަންވީއިރު، އަހަރެން އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއިރު އަހަރެން ކައިރީގައި އަހަރެންގެ އަންހެނުންނާއި، ގާތް ދެތިން ރައްޓެއްސަކު ތިއްބެވެ. ހޭ އެރުމާއި އެކު އެވާހަކަތައް އަހަރެން އެމީހުންނަށް ކިޔާ ދިނީމެވެ. އެ ދުވަހަށް ފަހު އަހަރެން މިއަދާ ހަމައަށްވެސް އެކަނި ދަންވަރު ގަޑީގައި ބުރިޖުން ދަތުރުކުރުމަށް ބިރުގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު
ނުު ހަަަދު ރަސިދު
މަ މި ހަބަރު މި ކިޔިިވެސް ބުރިޖް މަތި
ޙަސަނުގެ ދަި
ޤުރުއާނާ ހަދީޘް ގަބޫލުނުކުރާތީ ވީގޮތެއް އެއީވެސްއުޅޭ ބައެއްކަން ވަނީ އަންގަވާފަ ދެން ދަތުރު ދުޢާ ފަދަ ދުޢާތައް ކިޔާނަމަ ތިޔަފަދަ ކަންތަކުން ﷲ ސަލާމަތް ކުރައްވާނެ
ހަޙަސަނު
ދަންވަރު ހުޅުމާލޭގައި ކާރު ޕާކު ކޮށްފައި މާލެ ދަނިކޮށް އަން ހެނެއްގެ ހަޅޭކުގެ އަޑު ކަންފެއް ބުޑުން އިވިފައި އަހަރެން ވެސް މި ހުރީ
ޙުސައިން
ޖިންނިސައިތާނުންނަކީ އުޅޭއެއްޗެއް
ނަޖަންދުރަ
ޢަސްލު ހަޤީގަތުގައިވެސް އީމާންކަންދައްވީމަ ބައެއްކަންތައްތައް ޤަބޫލްނުކުރެވޭނެ ޖިންނި ޝައިތާނުން ލައްވަވާފަވާކަން ގަބޫލްނުކުރާމީހާ މަލާއިކަތްބޭކަލުން ވާކަމަށް ގަބޫލުކުރޭބާ؟ ހަމަހައިރާންވެއްޖެ
ާއަދުރޭ
ލޮލް. ކަނޑުކޮހުން މިވާހަކަ ގަބޫލު ކުރާނީ.
މުހައްމަދެ
ފުރަތަމަ ފަހަރަށް ނަމުން ގޮވީ ނުރައްކަލެއް ކުރިމަތިވާކަން އަންގަންވެގެން އެއީ އިންސާނުންނަށް ހެޔޮއެދޭ ޖިންނި. ވީމާ ތަތުރު ދުއާ ކިއުމާ ގިނަގިނައިން ޒިކުރު ކުރުން ރަނގަޅު ތަތުރުމަތީގައު
ޒިޚާމް
ޕިސް ޕިސް ކައޭމެން ބިރުން ތިބޭ ވަރުން..ބިރަކާ ނުލާ އުޅެންވީނު!!..
އަބުސީ
ދެޓްސް ސޯ ޓްރޫ
ބޯންބެ
އެއީޖިންނި ސަހަރު ދޯ
ނިޝް
ޢާންމުކޮށް ތިޔަކަހަލަ ވާހަކަ ދައްކަނީ ކަތީބުން. ޢަނެއްކާ ކޮން ކަމެއް އެސަރަހައްދުގައި ފަށަނީބާ؟