މާފުށީގައި ބިކިނީ ލައިގެން އުޅެނިކޮށް ހައްޔަރުކުރީ ޓްރެވެލް ބްލޮގަރ އެއް!

ނަފްހާ ހަމީދު
ސެސިލިއާ ޖަސްޓްޒެމްބްސްކާ ސެސިލިއާ ޖަސްޓްޒެމްބްސްކާ

މާފުށީ މަގުމަތީގައި މަސްތުވެގެން، ނިވާކަން ކުޑަކޮށް އުޅުނު އިނގިރޭސިވިލާތުގެ އަންހެން މީހާއަކީ ޓްރެވެލް ބްލޮގަރ އެއްކަމަށް ބޭރުގެ ބައެއް މީޑިޔާ ތަކުން ހާމަކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ ސެސިލިއާ ޖަސްޓްޒެމްބްސްކާ އަކީ އޭނާ އެކި ގައުމުތަކަށް ކުރަމުންދާ ދަތުރުތަކާއި ބެހޭ ގޮތުން ލިޔުންތައް އޭނާގެ ބްލޮގްގައި ޝާއިއު ކުރަމުން އަންނަ މީހެކެވެ. 
ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވެއެވެ. އޭނާގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބައެއް ޤާނޫނު ތަކުގައި ޚިޔާލާއި މަޝްވަރާ ދިނުން ހިމެނެއެވެ.
ރަޙުމަތްތެރިއަކާއިއެކު ކުރު ޗުއްޓީއެއް ހޭދަކޮށްލަން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރާއްޖެއަށް އައިސްގެން އުޅޭ، ސެސިލިއާ މާފުށީގައި 5 ރެއަށް މަޑުކޮށްލަން ހަމަޖެހިފައި ވީނަމަވެސް މި ދަތުރު ވެގެންދިޔައީ އޭނާގެ ޗުއްޓީއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާފަދަ ކަމަކަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ޖެހިގެން އައި ދުވަހު އޭނާ ރާއްޖެ ދޫކޮށްވަނީ ގޮސްފައެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ސެސިލިއާގެ މިއަމަލަކީ ދުނިޔޭގެ ސަމާލުކަން ހޯދުމަށް ޖެއްސި "ސްޓަންޓް" އެކެވެ. ނަމަވެސް ސެސިލިއާގެ ދިފާއުގައި، މި އަމަލު ކުށްވެރިކޮށް ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ.
ސެސިލިއާ ޖަސްޓްޒެމްބްސްކާ އަކީ ބައެއް ޓީވީ ޝޯތަކުގައިވެސް ހަރަކާތްތެރިވެފައިވާ މީހެކެވެ. މިގޮތުން 2018 ވަނަ  އަހަރު  އޭނާ ކުޅުނު ޓީވީ ޝޯވއެއްގައި އަލަށް "ޑޭޓަކަށް" ދާއިރު ފިރިހެން މީހާ ބިލްދެއްކުމާއި ދެކޮޅަށް އޭނާ ދެއްކި ވާހަކައިގެ ސަބަބުން ގިނަ ބައެއްގެ މަގްބޫލުކަންވަނީ ސެސިލިއާއަށް ލިބިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކ.މާފުށީގައި ހިނގައިދިޔަ މިހާދިސާއާއި ގުޅިގެން، ފުލުހުން ވިދާޅުވެފައިވަނީ އެ ހާދިސާގައި ފުލުހުން ޢަމަލުކުރި ގޮތާމެދު އެ ފަތުރުވެރިޔާ އާއި އާއްމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށާއި، އެފަދަ މައްސަލައެއް ކުރިއަށް އޮތް ތަނުގައި ދިމާނުވާނެކަން ޔަޤީންކުރުމަށް ފުރިހަމަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
ާޖަންނަތު
ޕޮލިސް ތި ކަންތައްކުރީ ރަނގަޅަށް.. ކޮންމެ މީހަކަސް ބޮއިގެން މަސްތުވެގެން މަގުތައްމަތީ އުޅެންޏާ ޖެހޭހނެ އަދަބުދޭން. މީ އެމެރިކާއެއް ނޫން. ކިތަންމެ މޮޅު މީޙަކަސް ރާއްޖެ އައިސް އުޅެންޖެހޭނީ މިތާގެ ގާނޫނާ އެއްގޮތަށް. މީ 100% މުސްލިމް ގައުމެއް. މި ގައުމަށް އައިސް ގައުމު ހަލާކު ކުރަން އުޅެންޏާ ފުލުޙުން ޖެޙޭނެ ގައުމުގެ ޙިމާޔަތުގަ ނިކުންނަން. އައި ސެލުޓް ޔޫ މޯލްޑިވްސް ޕޮލިސް ސާރވިސް. . .😁
ޣައުރަ
އަޅެ އޮކްސްފޯރޑް ޔުނިވަރސިޓީގަ ބިކިނީގަ އުޅެވޭބާ ، އެތަނެއްގަ އޮންނަ ގަވާއިދަކަށް ބޯލަންބަން ނޭންގޭ މީ ހަކު ޤާނޫން ހަދަން ލަފާދޭ މީ ހަކައް ހުރެ އޭބުނީމަ ދެން ލަފާކޮއްލާ އެތަނެއްގެ ހާލަތު މިޤައުމުގަ ވެސް ބައެއް މަދު ބޭފުޅުން އެގޮތް ބޭނުންވެގެން އެކަން ނުކުރެވިގެން ވަރައް ތެޅޭތަން ފެނޭ ....
ދިވެއްސެއް
އަހަރެމެންނަށް ކީއް؟؟؟؟
ކުޑަ އަލީ
މިހާ އަހުލާގު ދައް މީހަކު ގާނޫހަދާ މަޖިލީހަކު ނޫޅޭނެ މީ ގޮތެއް ފޮތެއްނެތް މީހެއް މޮޅެތި ކަރާ ނުފަޅާ މިއަމަލު ގަބޫލު ކުރެވޭނެ ހަމައެއް އުސޫލެއް ނެތް ތި ފެންވަރުގެ މީހަކު އަމްދުން
ޖަމާލު ރިޒްވީ
ޕޮލިސް ތި ކަންތައްކުރީ ރަނގަޅަށް.. ކޮންމެ މީހަކަސް ބޮއިގެން މަސްތުވެގެން މަގުތައްމަތީ އުޅެންޏާ ޖެހޭހނެ އަދަބުދޭން. މީ އެމެރިކާއެއް ނޫން. ކިތަންމެ މޮޅު މީޙަކަސް ރާއްޖެ އައިސް އުޅެންޖެހޭނީ މިތާގެ ގާނޫނާ އެއްގޮތަށް. މީ 100% މުސްލިމް ގައުމެއް. މި ގައުމަށް އައިސް ގައުމު ހަލާކު ކުރަން އުޅެންޏާ ފުލުޙުން ޖެޙޭނެ ގައުމުގެ ޙިމާޔަތުގަ ނިކުންނަން. އައި ސެލުޓް ޔޫ މޯލްޑިވްސް ޕޮލިސް ސާރވިސް. . 19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ބޯ ބުރާނތިވެގެން ނުޖެހޭ ދިވެހިންގެ ނަމުގައި މި ކަސްބީ އަންހެނާގެ ކިބައިން މާފައް އެދޭކައް ..މިހާރު ރައްޔިތުން މަޖިލިސްގެ ރައީސަކީ ލާދީނީ ކަން ކަމއް ހިތވަރު ދޭމީހެއް ،، ރައްޔިތުންގެ ނަމުގއި މައާފައް އެދުމުގެ ހައްގެއްނެތް ދީފައި
ޢާދަނުބެ
މީ ވަރަށްލަދުހަޔާއް ކުޑަ މީ ހެތް ހިތުން މީނަވަރުމީ ހެތް ނެތޭ ހިތާއުޅޭމީ ހެތް
ޜަސްރަ
ޙަމަ ހައިރާން މިފަދަ މީހަކަށް ދިވެހި ރާއްޖޭގެ ލޯކަލް ލޯ އަށް އިޙްތިރާމް ނުކުރެވުނުކަން މަޖިލީހަކީ ކޮބައިކަން މީނައަށް އެގިލައްވާތޯ އޭނަޖެހޭނެ މަޢާފަށް އެދެން. މިފަދަ އަމަލު ހިންގާ މީހުންނަށް އަދިވެސް ހަމަ މިގޮތަށް އަމަލުކުރެއްވުމަށް ގޮވާލަން