އިންސާނުން ދިރިއުޅެމުން އަންނަ ސަހަރާއެއް

އައިޝަތް ޝިމްނާ
އިންސާނުން ދިރިއުޅެމުން އަންނަ ސަހަރާ އިންސާނުން ދިރިއުޅެމުން އަންނަ ސަހަރާ

“އަހަރެން މިތާ ދިރިއުޅޭތާ މިވަނީ އަހަރެވެ. އަދި މިތަނުން ބަދަލުވާން  ބޭނުންވާތާވެސް ފަންސާސް އަހަރެވެ.” ޕިލިޕީންސްގެ މެނީލާގެ ސަހަރާއެއްގައި ގެއަޅައިގެން ދިރިއުޅޭ އެލްވީރާ މިރިންޑާ ބުނެފައިވެއެވެ.  

އަދި އޭނާ ބުނާގޮތުގައި ސަރުކާރުންވެސް ބޭނުންވަނީ އެމީހުން އެތަނުން ދިއުމަށެވެ. އަދި އެމީހުންވެސް ބޭނުންވަނީ އެތަނުން ދާން ކަމަށާއި ނަމަވެސް ވަންނާނެ އެހެން ތަނެއް ނެތްކަމަށެވެ.
މިއީ ގިނަބަޔަކަށް އިނގޭ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ ދުނިޔޭގައި ފަގީރުންގެ ނިސްބަތް ގިނަ ކަމެެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވަންނާނެ ގެދޮރެއްވެސް ނެތް ބައެކެވެ. އެގޮތުން މި އާރޓިކަލްގައި މި ބުނެވެނީ ވަންނާނެ ގެދޮރުއަޅައިގެން ސަހަރާއެއްގައި ދިރިއުޅޭ ބައެއްގެ ވާހަކައެވެ.

އެގޮތުން ފިލިޕިންސްގެ މެނީލާގައި ހުންނަ މިސަރައްހަދުގައި ދިރިއުޅޭ އެލްވީރާ ބުނެފައިވަނީ އޭނާގެ އުމުރުން 67 އަހަރުކަމާއި އޭނާ އެއާއިލާއެކު އެ ސަހަރާގައި އުޅޭތާ ފަންސާސް އެއްއަހަރު ވެފައިވާކަމަށެވެ. 

މެނީލާގެ ނޯތު ސަރަހައްދުގައި ހުންނަ މި ސަހަރާއަކީ 1966ވަނަ އަހަރުން ފެށިިގެން މީހުން ވަޅުލަމުން އަންނަ ތަނެކެވެ.
އާބާދީ ބޮޑު އެ ސިޓީގައި ވަޒީފާއެއް ނުލިބޭއިރު ދިރިއުޅުމުގެ ޚަރަދުތައް އެހާބޮޑުކަމަށް އެލްވީރާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ  އެމީހުން ސަހަރާ ބަހައްޓަނީ ވަރަށް ސާފުތާހިރުކޮށް ކަމަށާއި، އަދި އެތާގައި ދިރިއުޅޭ ގިނަ މީހުންނަކީ ވަޒީފާއެއްގައި އުޅޭ ބައެއް ނޫންކަމަށެވެ. އެމީހުން ދުވަހުގެ ކާނާ ހޯދަނީ ކުދި ކުދި މަސައްކަތްތައް ކޮށްގެން ކަމަށެވެ. އެގޮތުން މަހާނަމަތީގައި ބަހައްޓަން މާ ވިއްކުމާއި، މަހާނައިގެ ގާ ވިއްކުމަކީ އެމީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކެވެ.
ބައެއް މީހުން  އެތަންތަނުގައި ދިިރިއުޅޭނީ މަހާނަމަތީގައި ކުޑަކުޑަ ގެ ތައް އަޅައިގެންނެވެ. ބައެއް ތަންތަން ފްލޯތަކަށް ނަގައިގެން މީހުން އުޅޭއިރު އެތަންތަނުގައި ހަމައެކަނި ހުންނަނީ ބޯހިޔަލެވެ. އެހެން އެއްވެސް ޒަރޫރީ ވަސީލަތެއް ލިބެން ނުހުރެއެވެ.

މި ސަހަރާގެ އިތުރުން ވެސް މެނީލާގެ އެތައް ސަހަރާތަކެއްގައި މިގޮތަށް އުޅެއެވެ. މިފަދަ ތަންތަނުގައި ކުށްކުރުންވެސް އޮންނަނީ އިންތިހާއަށް އިތުރުވެފައެވެ. ވައްކަންކުރުމާއި ޑްރަގް މާފިޔާވެސް އެތަންތާގައި އިންތިހާއެއް އޮވެއެވެ.

ބައެއް ފަަހަރު އެފަދަ ތަންތަނުގައި ޑްރަގް މާފިޔާއަށް ރެއިޑް ކުރާއިރު އެތައް މީހުންނެއް މަރާވެސް ލައެވެ. އެގޮތުން މެނީލާގެ ދެކުނުގައިވާ މި ސަހަރާގައިވެސް  ދާދިފަހުން ވަނީ 50 ސިފައިންގެ ފައުޖަކުން ރެއިޑްކޮށްފައެވެ. އެރެއިޑްގައި އެ ސަހަރާގައި ދިރިއުޅޭ ކަރްމަލިތާ ބަހާކަންސްގެ ދަރިފުޅުވަނީ މަރާލާފައެވެ. އޭނާ ބުނެފައިވަނީ 50 މީހުންގެ ސިފައިންގެ ޓީމަކުން އެތަނަށް ވަދެ ރެއިޑްކުރުމުގެ ތެރޭގައި އޭނަގެ ދަރިފުޅު މަރާލާފައިވާކަަމަށެވެ. އޭނާ ދަރިފުޅު ފުރަތަމަ ވަޒަނުން މަރުވިކަން އެނގި ތިބެވެސް ފުލުހުން ވަނީ އޭނާގަޔަށް ފަސްވަޒަން ޖަހާފައިކަމަށް ބަހާކަންސް ބުނެފައިވެއެވެ.
ފަންސާސް ހަތްއަހަރުގެ ބަހާކަންސް މަނީލާއަށް ހިޖްރަކޮށްފައިވަނީ 1992 ވަނަ އަހަރުގައެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ އޭނާގެ ދަރިފުޅުގެ މަހާނަމަތީގައި ވަންނާނެ ތަނެއް ހަދައިގެންނެވެ.

އެތާގައި  ދިރިއުޅޭ އިތުރު މީހަކު ބުނެފައިވަނީ އޭނާ އެ ސަހަރާގައި ދިރިއުޅެން އައީ 1976 ވަނަ އަހަރުގައިކަމަށެވެ.  އޭރު އެތާގައި އެއްވެސް ބަޔަކު ދިރިނޫޅޭކަމަށާއި، ނަމަވެސް މިހާރު އެތަން ފުރިފައިވާކަމަށެވެ. އޭނާ ބުނެފައިވަނީ އޭނާދިރިއުޅޭ ސަރަހައްދުގައި އެކަނިވެސް 50އާއިލާ ދިރިއުޅޭ ކަަމަށާއި، އެ އެންނަށް ހުންނަނީ އެންމެ ދެ ފެންހޮޅިކަމަށާއި އެމީހުންނަށް އާންމު ދިރިއުޅުގައި ބޭނުންވާ ޒަރޫރަތްތަށް ފުރިހަމަ ކުރުމަށް ވަރަށް ގިނަ ސަމާނު ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އޭނާ ކުރަނީ ގަބުރު ކޮނުމުގެ މަސައްކަތްކަމަށެވެ. އެ މަސައްކަތަށް ފުދޭވަރެއްގެ އާމްދަނީ ލިބޭކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އެތާގައި މަހާނަ ލީސްކޮށްފައި ހުންނަނީ ފަސްއަހަރަށް ކަމަށާއި އެފަސް އަހަރުގެ ތެރޭފައި ބައެއް އާއިލާތަކުން ކަށިތައް ބަލާއަންނަކަމަށެވެ. ނޫންނަމަ އެކަށިތައް ނައްތާލާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެގޮތުން ކުޑަކުއްޖެއްގެ މަހާނަ  ފަންސާސް ޕީސޮސްއަށް ކޮނެދޭއިރު ބޮޑު މީހެއްގެ މަހާނަ ކޮނެދެނީ 150 ޕީސޮސްއަށް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއިން އޭނާގެ އާއިލާ ބެލެހެއްޓޭކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އެ ސަރަހައްދަކީ ބިރުވެރި ސަރަހައްދެއް ނޫންކަމަށާއި އެތަނުގައި ބިރުވެރި އެއްޗިހި ނޫޅޭކަމަށެވެ.

މިސަރައްދުގައި އުޅޭ އެންމެންގެ އޮތީ އެންމެ ޝަކުވާއެކެވެ. އެއީ އެމީހުންނަށް ހައްގުވާ މިންވަރު ސަރުކާރުން ފޯރުކޮށް ނުދިނުމެވެ. އެންމެ އަސާސީ ޚިދުމަތްތަކެވެ. ތައުލީމްދޭނެ ނިޒާމެކެވެ. އެމީހުންނަށް އުޅޭނެ ތަނެއް ދައްކާފައި ނުވުމެވެ.  އެސަރަހައްދުގައި އުޅޭ މީހުން ދަރިން ސްކޫލަށް ނުފޮނުވައެވެ. ކިޔަވައިދެނީ އަމިއްލައަށެވެ. ދިރިއުޅެން ގިނަ މީހުން ކުރާނެ މަސައްކަތެއް ނޯވެއެވެ. އެ އެންމެން އެދެނީ އެމީހުންނަށް ފާގަތި މުސްތަގްބަލެއް ލިބޭނެ ދުވަހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު