އިންޑިއާގެ އެހީގައި އެއްވެސް ޝަރުތެއް ނެތް، ބޭރުގެ ދަރަންޏަކަށް ނުވާނެ!

ރައީސް ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ސޯލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މިއަދު ހަވާލުކުރި 250 މިލިއަން ޑޮލަރުގެ އެހީ ދިނީ އެއްވެސް ޝަރުތަކާ ނުލައެވެ.

ބަޖެޓަރީ ސަޕޯޓް ގެ ގޮތުގައި ހަވާލުކޮށްފައިވާ 250 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ގެ އަރިހުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދީފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުންނެވެ.

މާލީ އެހީތެރިކަމުގެ މި އަދަދު ފުރަތަމަ އިއުލާނު ކުރެވުނީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާ އަކަށް ފަހުއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ދެވޭ 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ކޮންޑިޝަންއެއް، ނުވަތަ ޝަރުތަކާއި ނުލާ ފޯރުކޮށްދެވޭ އެހީއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް، ބޭނުން ކަމަކަށް، ބޭނުން ކުރުމުގެ މިނިވަންކަން އޮންނާނެއެވެ. 

މި އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ(އެސް.ބީ.އައި) މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެއެވެ. މާލީ އެހީގެ މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސް.ބީ.އައި އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ.

އިންޓްރެސްޓަށް ބަލާއިރު، 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކު ފޯރުކޮށްދޭ 250 މިލިއަން ޑޮލަރުގެ މި 'ސޮފްޓް ލޯން' ގެ އިންޓްރެސްޓް ރޭޓް ވެސް ވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން، ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ. މިފަދަ ގޮތަކަށް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.

މި 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓުން ދައްކުވައިދެނީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ވާ ގާތް ގުޅުމުގެ ވަރުގަދަ ކަމާއި ރިލައަބަލްކަން ކަމަށް އިންޑިއާއިން ގަބޫލުކުރެއެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ އާއި ދިވެހިރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށްވެސް ވަނީ އެތައް ފައިދާތަކެއް ލިބިފައެވެ. 


ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާޗް މަހުގައި އިންޑިއާއިން ވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް މަހުގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ފަހުން މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ ހަތަރު ސްޓޭޓަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާއިން ވަނީ އެކި ފަހަރު މަތިން އެކްސްޕޯޓް ރިސްޓްރިކްޝަން އުފުލާ، ދިވެހިރާއްޖެއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ރެސްޕިރޭޓޮރީ އެޕެރޭޓަސް އަދި ޓެސްޓިން ކިޓުތަކާއި ރިއެޖެންޓްތައް ފޯރުކޮށްދީފައެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ވިޔަފާރީގެ ދަތިތަކާއި އެކުވެސް އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކޮމޯޑިޓީތަކުގެ ސަޕްލައި ދަމަހައްޓައިދީފައެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި 8 ބެޗެއްގެ ގޮތުގައި 500 ދިވެހިން ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ކުރު މުއްދަތުގެ ކޮންޓްރެކްޓް ތަކަށް ރެކްރޫޓުކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން ދިވެހިރާއްޖެއަށް ފޮނުވަން ވަނީ ނިންމާފައެވެ. 

ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ވަނީ އެފަދަ ދެވަނައެއް ނެތް ގުޅުމެއްކަން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ވަނީ ހާމަވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެކުގައި އިންޑިއާއިން އަބަދުމެ އޮންނާނެކަމީ މިބަލިމަޑުކަމުގެ ދުވަސްވަރުގައިވެސް ފެނިގެންދިޔަ ހަގީގަތެވެ. 

ކިޔުންތެރިންގެ ހިޔާލު