ސްޕޯޓްސް ކޮމްޕެލެކްސްގެ ސްވިމިންގ ޕޫލް އާއްމުންނަށް ވެސް ހުޅުވާލައިފި

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމްކޮށްފައިވާ ސްވިމިންގ ޕޫލް އާއްމުންނަށް ވެސް ބޭނުންކުރުމަށް ހުޅުވާލައިފިއެވެ. 

މި ސްވިމިންގ ޕޫލް މިހާރު ބަލަހައްޓަމުން އަންނަނީ ސްވިމިންގ އެސޯސިއޭޝަނުން ކަމަށްވާއިރު މިހާތަނަށް އައިއިރު މިތަން ބޭނުންކޮށްފައިވަނީ އެ އެސޯސިއޭޝަންގެ ޓީމުތަކުގެ ފަރިތަކުރުންތަކަށެވެ. އެ އެސޯސިއޭޝަނުން ވަނީ މި ޕޫލް ބޭނުންކުރުމަށް ނެގުމަށް ހަމަޖެހިފައިވާ ފީތަކުގެ ލިސްޓެއް ވެސް އާއްމުކޮށްފައެވެ. 

ފީ ނެގުމަށް ހަމަޖެހިފައިވާ އުސޫލް

  • އާންމު ދިވެހިންގެ މެންބަރޝިޕް ފީ: މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)
  • ބިދޭސީންގެ މެންބަރޝިޕް ފީ: މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)

ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ. ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕްތަކަށް ކަމަށާއި އާއިލާ ތަކަށާއި ގްރޫޕްތަކަށްވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހު ކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު