ސޯލްޝެއާގެ ތައުރީފް ޕޮގްބާއަށް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އެޓީމުގެ ކޯޗު އޮލެ ގަނަރ ސޮލްޝެއާ ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ. 

އަލުން އަނބުރާ ޔުނައިޓެޑާއި ގުޅުމަށްފަހު ޕޮގްބާ މިދިޔަ ސީޒަންތަކުގައި ދައްކަމުން އަންނަ ކުޅުމާއި މެދު ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް މިދިޔަ މަސްތަކުގެ ތެރޭގައި އަނިޔާގެ ސަބަބުން އޭނާއަށް ދިމާވި ގޮންޖެހުންތަކާއި ގުޅިގެން އެންމެ އެދެވޭ ކުޅުން ނުދެއްކުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް ޔުނައިޓެޑް އެންމެފަހުން ކުޅުނު މެޗުތަކުގައި އެންމެ ރަނގަޅު ކުޅުމެއް އެޓީމުން ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ޕޮގްބާއެވެ. 

ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ސޮލްޝެއާ ބުނީ ދުވަހެއް ދުވަހަކަށް ޕޮގްބާގެ ފިޓްނެސް ރަނގަޅުވެ އޭނާ ދައްކަމުން އަންނަ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ. 

ޔުނައިޓެޑުން ރޭ ވަނީ 2-1 އިން އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ އެއްވަނާގައި އޮތް އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި އަރާ ހަމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު