އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ޗެލްސީ އަދި މެންޗެސްޓަރ ސިޓީ ދަތުރުކޮށްފި

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީ އަދި މެންޗެސްޓަރ ސިޓީއިން ޖާގަ ހޯދައިފިއެވެ. 

ސިޓީއިން ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ 3-0  ގެ ނަތީޖާއަކުން ބާމިންގްހަމް ސިޓީ ބަލިކޮށްގެންނެވެ. މި މެޗުގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ބަނާޑޯ ސިލްވާއެވެ. އެޓީމުގެ ދެވަނަ ލަނޑު 15 ވަނަ މިނެޓުގައި ވެސް ޖަހައިދިނީ ބަނާޑޯ ސިލްވާއެވެ. ސިޓީއިން މެޗުގައި ޖެހި ތިން ލަނޑު ވެސް ފުރަތަމަ ހާފުގެ ތެރޭގައި ޖެހިއިރު އެޓީމުގެ ތިންވަނަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިިދިނީ ފިލް ފޯޑެންއެވެ. 

މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލުން ބަލިވި ޗެލްސީ ވަނީ އިނގިރޭސި ލީގު 2 ގައި ވާދަކުރަމުން އަންނަ މޮރެކަމްބޭ 4-0 ގެ ނަތީޖާއަކުން ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި މޭސަން މައުންޓް ޖަހައިދިންއިރު އެޓީމުގެ ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމޯ ވާނާއެވެ. ޗެލްސީގެ ތިންވަނަ ލަނޑު 49 ވަނަ މިނެޓުގައި ކެލަމް ހަޑްސަން އޮޑޯއި ޖަހައިދިންއިރު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ކައި ހަވާޓްޒްއެވެ. 

ހަތަރު ވަނަ ބުރުގެ ގުރުލުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު