ސާއްބަ އެނިވާސަރީ ކަޕް 2018: މަފާޒްގެ ހެޓްރިކާއެކު ޔޫތު ފްރެންޑްސްއަށް މޮޅެއް

ޙާމިދު ރަޝީދު
ޔޫތު ފްރެންޑްސްއާއި އަހުލީ ޖޫނިއަސް ބައްދަލުކުރި މެޗުގެ ތެރެއިން ފޮޓޯ: ސާއްބަ އެނިވާސަރީކަޕް

ސާއްބަ އެނިވާސަރީ ކަޕް 2018 ގެ ގުރޫޕް އޭގެ ފަހު މެޗު މަފާޒްގެ ހެޓްރިކާއެކު ޔޫތު ފްރެންޑްސް މޮޅު ވެއްޖެއެވެ.

އަހުލީ ޖޫނިއަސްއާ ބައްދަލުކުރި މި މެޗު ނިމިފައިވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު މަފާޒުގެ ތިން ލަނޑުގެ ތެރެއިން 2 ލަނޑު ފެނިފައިވަނީ ފުރަތަމަ ހާފުގައެވެ. އެޓީމުގެ އަނެއް ދެލަނޑު ޖަހާފައިވަނީ ހުސައިން ޝަރީފާއި އައްސަދު މުހައްމަދެވެ. އަހުލީ ޖޫނިއަސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އިބްރާހިމް އަލީއެވެ.

މި މެޗަށް ނިކުތް އިރުވެސް އަހުލީ ޖޫނިއަސްވަނީ މުބާރާތުން ކަޓާފައެވެ. އަދި ޔޫތު ފުރެންޑްސްއާއި ރިއަލް ސްޓަރސްވަނީ ސެމީ ޔަގީން ކޮށްފައެވެ.މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޫހު އަދި އަހުލީއެވެ. މިއީ ގުރޫޕް ބީ ގެ ފަހު މެޗެވެ.

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ހަވީރުގެ މެޗާއެކު ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު