އަޔެކްސް ރޮއްވާލުމަށް ފަހު ފުރަތަމަ ފަހަރަށް ޓޮޓެމްހަމް ފައިނަލަށް

ޢަލީ ޔާމީން

ޔޫއެފާ ޗެމްޕިއަންސް ލީގު:

ސެމީފައިނަލުގައި އަޔެކްސް ރޮއްވާލުމަށް ފަހު ޓޮޓެމްހަން އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޓޮޓެމްހަމުން ލީގުގެ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.

އަޔެކްސްގެ ދަނޑުގައި ރޭ ކުޅެވުނު ސެމީގެ ލެވަނަ ލެގު ޓޮޓެމްހަމްއިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ޓޮޓެމްހަމްގެ ހުރިހާ ލަނޑެއް ލޫކަސް މޯރާ ޖެހިއިރު، އޭނާ އެލަނޑުތައް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރޭގައެވެ.

ރޭގެ މެޗުން ޓޮޓެމްހަމް މޮޅުވި ނަމަވެސް އެގްރިގޭޓު ނަތީޖާއިން ދެ ޓީމު ވީ އެއްވަރެވެ. ޓޮޓެމްހަމް ފައިނަލަށް ދަތުރުކުރީ އަވޭ ގޯލުން ކުރީގައި އޮތީމައެވެ.

ޓޮޓެމްހަމް ފައިނަލުގައި ބައްދަލުކުރާނީ ވަރުގަދަ ބާސެލޯނާ ކަޓުވާލުމަށް ފަހު ފައިނަލުގެ ޖާގަ ކަށަވަރުކުރި ލިވަޕޫލާއެވެ. ޓޮޓެންހަމްއިން ފައިނަލަށް ނުކުންނަ އިރު، އެޓީމުން ސެމީ ފައިނަލް ކުޅެން ޖެހުނީވެސް ޓީމުގެ ކެޕްޓަން ހެރީ ކޭންވެސް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު