ޖެހިޖެހިގެން ދެވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ސިޓީން އުފުލާލައިފި

ޢަލީ ޔާމީން

ޖެހިޖެހިގެން ދެވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީއަށް ތަށި ޔަގީން ކުރެވުނީ ލީގުގެ ފަހު މެޗުގައި މިރޭ، ބްރައިޓަންއާ ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކޮށް، 98 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރައިޓަންގެ މަރޭ އެވެ. ނަމަވެސް ސިޓީގެ އަގުއޭރޯ ވަނީ އެ ގޯލަށް މިނެޓެއްވެސް ނުވަނީސް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގައި ސިޓީ ޓީމުން ލީޑު ނެގީ 38 ވަނަ މިނެޓުގައި ލަޕޯޓް ކާމިޔާބު ކުރި ގޯލަކުންނެވެ. ސިޓީގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޖް އަދި އިކޭ ގުންޑޯގަންއެވެ.

މިއީ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު