އޭޝިއާ ހޯޕްސް ފައިނަލުން ދީމާ ޖާގަ ހޯދައިފި

ސަދާ ސައީދު

އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ރާއްޖޭގެ ފާތުމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.

ދީމާ ފައިނަލުން ޖާގަ ހޯދީ އިރާންގެ ސައުރީ ޓާރާ އާއި ވާދަކޮށް 3 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.  ތައިލެންޑްގައި ކުރިއަށްދާ މިމުބާރާތުގައި ދީމާގެ 3 ސެޓްގައިވެސް ކުޅުން ރަނގަޅުކަން ފާހަގަކޮށް ކޯޗް އިބްރާހީމް ޝިއުރީ ބުނީ ފައިނަލާއިމެދުވެސް އުއްމީދުބޮޑުކަމަށެވެ. 

ދިމާ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ގުރޫޕް ބީގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ދީމާ ތިން މެޗް ކާމިޔާބުކުރިއެވެ. އެއީ ލެބަނަން، ތައިލޭންޑް އަދި ކަޒަކްސްތާން ގެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ގުރޫޕް ސްޓޭޖްގައި ބަލިވެފައިވަނީ އިންޑިޔާގެ ސަޔާނީ ޕަންޓާ އާއި ވަދަކޮށްގެންނެވެ. ދީމާ އޭޝިއާ ހޯޕްސް މުބާރާތުން ޖާގަ ހޯދީ ޖެނުއަރީގައި އިންޑިޔާގައި ބޭއްވި ސައުތް އޭޝިއާ ހޯޕްސް މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ ރާއްޖޭގެ ކުޅުންތެރިޔަކު ޓޭބަލް ޓެނިސްގެ ބައިނަލްއަޤުވާމީ މުބާރާތެއްގައި ރަންމެޑައްޔެއް ހޯދާފައިވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު