ސާއްބަ އެނިވާސަރީކަޕް 2018: ބޮޑު ތަފާތަކުން ރޫހު ބަލިކޮށް ޔޫތު ފުރެންޑްސް ފައިނަލަށް!

ޙާމިދު ރަޝީދު

ބޮޑު ތަފާތަކުން ރޫހުގެ މައްޗަށް ކުރި ހޯދައި ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޔޫތު ފުރެންޑްސް ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ޔޫތު ފުރެންޑްސް ކާމިޔާބު ކުރީ 4 -0 ލަނޑުންނެވެ. ޔޫތު ފުރެންޑްސްގެ މުހައްމަދު މަފާޒު 2 ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހާފައިވަނީ ޖާދު ﷲ އަލީއާއި ހަސަން ޝާހިދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޖާދު ﷲ އަލީއެވެ.

ހަނިމާދޫގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއިގުޅިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ބައްދަލު ކުރާނީ އަހުލީ އަދި ރިއަލް ސްޓަރސްއެވެ.

ކިޔުންތެރިންގެ ހިޔާލު