"ޓްގެދަރ އެސް ވަންގެ ތްރީ އެކްސް ތްރީ" ބާސްކެޓް ބޯލް މުބާރާތް މިމަހު 17 ގައި ފަށަނީ

ޢަލީ ޔާމީން

"ޓުގެދާ އެސް ވަން" ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަހަރުވެސް އެކި އުމުރުފުރާތަކަށް ބަހާލައިގެން ތްރީ އެކްސް ތްރީ ބާސްކެޓް ބޯލް މުބާރާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

"ޓުގެދާ އެސް ވަން" އިން އިންތިޒާމު ކުރާ ތްރީ  އެކްސް ތްރީ ބާސްކެޓް ބޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މޭ މަހުގެ 17 ވަނަ ދުވަހުގައެވެ. އަށް ދުވަހުގެ ނިޔަލަށް ކުރިއަަށްދާ މި މިމުބާރާތުގެ ފައިނަލް އޮންނާނީ 24 މޭގައެވެ. މިއީ މި މުބާރާތް އެ ފަރާތުން ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ.

މި މުބާރާތް ކުރިއަށް ދާނީ ޖުމްލަ ފަސް ޑިވިޝަނަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ޑިވިޝަންތައް:

  • 13 އަހަރުން ދަށް: އަންހެން / ފިރިހެން
  • 15 އަހަރުން ދަށް: އަންހެން / ފިރިހެން 
  • 18 އަހަރުން ދަށް: އަންހެން / ފިރިހެން
  • 23 އަހަރުން ދަށް: އަންހެން / ފިރިހެން
  • ސީނިއާ : އަންހެން / ފިރިހެން

"ޓްގެދާ އެސް ވަން"ގެ ފައުންޑިންގ މެންބަރެއް ކަމަށްވާ ހުސެއިން ޝިމަން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތުގެ އެންމެ ބޮޑު މަޤުސަދަކީ ބާސްކެޓް ބޯލް ކުރިއަރުވައި، ބާސްކެޓް ބޯލްއަށް ޝައުގުވެރިކަން ހުރި ކުދިންނަށް އެ ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ފުރުސަތުތަކެއް ހުޅުވައިދިނުން ކަމަށެވެ.

އަދި މީގެ އިތުރުން ބާސްކެޓަށް ލޯބިކުރާ ފަރާތްތަކުން އެއްތަނަކުން ފެނި ގުޅިން ބަދަހިކުރުމަކީވެސް އެ މުބާރާތުގެ އަމާޒެއްް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓްގެދާ އެސް ވަން" ގެ ތްރީ އެކްސް ތްރީ ބާސްކެޓް މުބާރާތުގެ ގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.


ކޯ ސްޕޮންސަރުންނަކީ ސީ ގިއަރ އަދި އެކްނެސްއެވެ. އަދި އޮފިޝަލް ޑްރިންކިންގ ޕާޓްނަރަކީ ޑަރޓްވޯޓަރ ފޮކް ބްރެވެރީ ބައި ތްރޫ ގްރީން މޯލްޑިވްސްއެވެ. މީގެ އިތުރުން ލޮޖިސްޓިކް ޕާޓުނަރަކީ ޖޭސީއައިއެލްއޯ ލޮޖިސްޓިކްސްއެވެ. މި މުބާރާތުގެ އޮންލައިން ޕާޓުނަރަކީ "ޖަޒީރާ ނިއުސް އެމްވީ"އެވެ.


ކިޔުންތެރިންގެ ހިޔާލު