ބަށި ބޯޅައަށް ދީފައިވާ ޤައުމީ ހައިސިއްޔަތު އުވާލައިފި

ޢަލީ ޔާމީން
ފޮޓޯ: ކޭއޯ

ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ޒަމާނުއްސުރެ ކުޅެމުން އަންނަ ބަށި ބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލަން ޔޫތު މިނިސްޓްރީ އިން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތުގެ އުސޫލު ބަދަލުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

މިނިސްޓްރީ އިން ބުނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ޘަގާފީ ކުޅިވަރުތައް ހިންގާ ޖަމިއްޔާތަކަށް ކުޅިވަރުގެ ގައުމީ ހައިސިއްޔަތު ދެމުން އަންނަ އުސޫލު ބަދަލުކޮށް، ކުރިއަށް އޮތް ތަނުގައި އެ އެސޯސިއޭޝަންތަކަށް ގައުމީ ހައިސިއްޔަތު ނުދޭން ނިންމާފައިވާ ކަމަށާއި، އެ ނިންމުން ނިންމާފައި ނުވަނީ ބަށިބޯޅައަކީ ބައިނަލްއަޤުވާމީ މައިދާނުގައި ވާދަކުރެވޭ ކުޅިވަަކަށް ނުވާތީ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އިން ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ބަށިބޯޅަ އެސޯސިއޭޝަން އާއި ހަވާލުކޮށްފައިވާ އޮފީސް ހުސްކުރެއްވުމަށްފަހު މިނިސްޓްރީ އާއި ހަވާލުކުރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު