ބާސްކެޓް ކުޅުންތެރިއާ ކޯބީ ބްރަޔަންޓް އާއި ދަރިފުޅުގެ ހަނދާންތައް އާކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާާއްވަނީ

އައިމިނަތު ޔުމްނާ
ކޯބީ އަދި ދަރިފުޅު ޖީޖީ ކޯބީ އަދި ދަރިފުޅު ޖީޖީ

26 ޖެނިއަރީ 2020 ވަނަދުވަހު ހެލްކޮޕްޓަރެއް ވެއްޓި މަރުވި މީހުންގެ ތެރޭގައި ހިމެނުނު އެމެރިކާގެ މައްޝޫރު ބާސްކެޓް ކުޅުންތެރިއާ ކޯބީ ބްރައަންޓް އަދި ހަމަ އެހާދިސާގައި މަރުވި ކޯބީ ގެ ދަރިފުޅު ޖީޖީ ބްރަޔަންޓް ގެ ހަނދާން އާކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް 24 ފެބްރުއަރީ 2020 ވަނަދުވަހު ސްޓޭޕްލްސް މެމޯރިއަލް ސެންޓަރުގައި ބޭއްވުމަށް ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިއިވެންޓު އިންތިޒާމްކުރާ ފަރާތްތަކުން މިހާރުދަނީ އިވެންޓުގައި ވާހަގަ ދައްކާނެ ފަރާތްތަކާ ، ލަވަހުށައަޅާދީ މުނިފޫހިފިލުވުމުގެ ހަރާކާތް ކުރިއަށް ގެންދާނެ ފަރާތްތައް ހަމަޖެއްސުމަށް ކޯބީގެ އާއިލާއާ މަޝާވަރާކުރަމުންނެވެ.

އާންމުންނަށް ޓިކެޓް ގަނެގެން ވަދެވޭ ގޮތަށް އިންތިޒާމްކުރާ މި އިވެންޓަށް ކޯބީގެ އާއިލާ މެމްބަރުންނާއި ، އެކުވެރުން އަދި އެންބީއޭ އޮފިޝަލުންނަށް ހާއްސަ ދައުވަތެއް ދެވޭނެއެވެ.

މިއިވެންޓުގެ ޓިކެޓް ވިއްކަން ހަމަޖައްސައިފައި ވަނީ 24.02 އެމެރިކާ ޑޮލަރަށެވެ. 24 އަކީ ކޯބީގެ ޖަރޒީ ނަންބަރު ކަމަށާއި 2 އެއީ އޭނާގެ ދަރިފުޅު ޖަރޒީ ގެ ނަންބަރެވެ. މިއިވެންޓުގައި ޓިކެޓް ވިއްކުމަށްފަހު ލިބޭ ފައިދާ ކޯބީގެ އާއިލާއިން ނިންމާ ޗެރިޓީއަކަށް ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.

މިއިވެންޓު ގިނަ ނެޓްވޯރކް ތަކުން ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށާއި ، މިއިވެންޓު ކުރިއަށް ދާ ވަގުތު ސެކިއުރުޓީ ވަރުގަދަ ކުރުމަށާއި ޓްރެފިކް ކޮންޓްރޯލް ކުރުމަށް ސްޓޭޕްލްސް ކައިރި ހުރިހާ މަގެއް ބަންދުކުރެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ކޯބީ އަދި ޖީޖީ ވަޅުލާފައިވަނީ އޮރެންޖް ކައުންޓީގައި ހުންނަ ކޯބީގެ އާއިލާއަށް ނިސްބަތްވާ އަމިއްލަ ސަހަރާއެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު