ޑޯޓްމަންޑުން ޕީއެސްޖޭ ބަލިކޮށްފި

އައިމިނަތު ޔުމްނާ
ހާލަންޑް ހާލަންޑް

ޑޯޓްމަންޑު ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން 1-2 އިން ޕީއެސްޖޭ ބަލިކޮށްފިއެވެ.

ޜޭގަ ކުޅުނު މެޗުގެ ފަރަތަމަ ހާފުގައި ޑޯޓްމަންޑް އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުނަމަވެސް، މިހާފްގައި ގޯލެއް ޖަހާފައެއް ނުވެއެވެ. މެޗުގެ 69 ވަނަ މިނެޓްގައި ހާލަންޑް  ވަނީ ޑޯޓްމަންޑަށް ލީޑު ނަގައިދީފައެވެ. އޭގެ 6 މިނެޓް ފަހުން އެމްބާޕޭ ދިން ޕާހުން ނޭމާ ޕީއެސްޖޭ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އޭގެ 2 މިނެޓްފަހުން ހާލަންޑް ވަނީ ޑޯޓްމަންޑަށް އަނެއްކާވެސް ލީޑް ނަގައިދީފައެވެ. އޭނާ މިގޯލު ކާމިޔާބުކުރީ ޕެނެލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. 

ހާލަންޑް ޑޯޓްމަންޑާ ގުޅިފައިވަނީ މިދިޔަމަހު އެވެ. އުމުރުން 19 އަހަރުގެ ހާލަންޑް އެޓީމަށް ކުޅެދިން 7 މެޗު ކުޅެދީފާވާއިރު މިއީ އޭނާ ކާމިޔާބުކޮށްދިން 11 ވަނަ ގޯލެވެ. މިދެޓީމް ޕީއެސްޖޭ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ 11 މާރޗް 2020 ވަނަ ދުވަހުގެ ރެއެވެ.


ކިޔުންތެރިންގެ ހިޔާލު