ކޯބީގެ ހަނދާނުގައި ބާއްވާ ހާއްސަ އިވެންޓު މިއަދު ބާއްވަނީ

އައިމިނަތު ޔުމްނާ
ކޯބީ އަދި ޖިއެނާ ކޯބީ އަދި ޖިއެނާ

މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ކޯބީ ބްރަޔަންޓް ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އޭނާއާއި ދަރިފުޅު މަރުވެފައި ވަނީ 26 ޖެނުއަރީ 2020 ވަނަ ދުވަހު އެވެ. ކޯބީގެ ހަނދާންތައް އާކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު މިއަދު ލޮސްއެންޖަަލިސްގެ ސްޓޭޕްލްސް ސެންޓަރުގައި ކުރިއަށްދާނެއެވެ. މިއެވެންޓުވަނީ ސީއެސްބީއެންއިން ލައިވް ކުރާގޮތަށް ހަމަޖެހިފައެވެ.

   

ބެލެވޭގޮތުގައި ގާތްގަނޑަކަށް 20000 ސަޕޯޓަރުން މިއަދު ސްޓޭޕަލް ސެންޓަރަށް ޖަމާވާނައެވެ. އޮފިޝަލުންވަނީ ޓިކެޓް ނެތްފަރާތްތައް ގޭގައި އިވެންޓު ބެލުމަށް ލަފާދީފައެވެ. އަދި ސްޓޭޕަލްސް ކައިރި ހުރިހާ މަގެއްވެސް ވަނީ މި ހަފްލާއާ ގުޅިގެން ބަންދުކުރެވިފައެވެ.


އެރީނާގެ ބޭރުގައި ބަހައްޓާފައި ހުންނަ ހުރިހާ ސްކްރީންތަކެއް ވަނި ނިއްވާލުމަށް ހަމަޖެހިފައެވެ. މިހަފްލާގައި ގިނަ އަދަދެއްގެ "އޭލިސްޓް" ސެލްބްރިޓީން އަދި ކޯބީގެ ޓީމްއާއި، އާއިލާ ބައިވެރިވާނެއެވެ.

24 ފެބްރުއަރީ އަށް މި ހަފްލާ ހަމަޖައްސާފައިވަނީ ކޯބީގެ ޖަރޒީ ނަންބަރަކީ 24 އަދި މިހާދިސާގައި މަރުވެ ކޯބީގެ 13 އަހަރުގެ ދަރިފުޅު ޖިއެނާ ގެ ޖަރޒީ ނަންބަރު 2 ކަމުގައި ވާތީއެވެ. މިހަފްލާގެ ޓިކެޓްވެސް ވިއްކާފައިވަނީ 24.02 ޑޮލްރަށާއި 224 ޑޮލަރަށެވެ.


ހެލިކޮޕްޓަރ ވެއްޓުމަށްފަހު ބޭއްވުނު ފުރަތަމަ ލޭކަރސް ބާސްކެޓްބޯޅަ މެޗު ހާއްސަކުރެވިގެން ގޮސްފައިވަނީ ކޯބީ ބްރަޔަންޓްއަށެވެ. ސްލެބްރިޓީންގެ ހުށައެޅުންތަކާއި، ލެބްރޯން ޖޭމްސްގެ ސްޕީޗް ގެ އިތުރުން ކޯބީ އަދި ޖިއަނާއަށް ހާއްސަކޮށް ހުސްގޮނޑިއެއްވެސް ވަނީ މި އިވެންޓުގައި ބަހަށްޓާފައެވެ. 





ކިޔުންތެރިންގެ ހިޔާލު