އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާއަށް ކަސްޓަމްސް، އެމްޓީސީސީ،ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ

އައިމިނަތު ޔުމްނާ
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އެމްޓީސީސީ އާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ ފުރުސަތުހޯދައިފިއެވެ.


ރޭ އެމްޕީބީއޭ ކްލަބު ހައުސްގައި  ކުޅުނު މެޗުތަކުގައި، އެމްއޭސީއެލުން ވަނީ ތިން ގޭމުން އެމްއެންޑީއެފް ބަލިކޮށްފައެވެ. ޓީއެމްއޭއާ ދެކޮޅަށް ކުޅުނު މެޗުން ކަސްޓަމްސް މޮޅުވީ 2-1 ގޭމުންނެވެ. އެމްޑަބްލިޔުއެސްސީ އަތުން 2-1 ގޭމުން އެމްޓީސީސީ މޮޅުވި އިރު، އެމްޕީއެލުން ވަނީ 2-1 ގޭމުން ފެނަކަ ބަލިކޮށްފައެވެ.


"ގްރޫޕު އޭ" އިން ކަސްޓަމްސްއާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފުން ވެސް ވަނީ ކުއާޓާގެ ޖާގަ ހޯދާފައެވެ.

ގްރޫޕު އޭއިން ކުއާޓާގެ ފަހު ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ޕޮލިސް ކްލަބާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް އެބައޮތެވެ. އެ ގްރޫޕުން ކުއާޓާގެ ފަހު ޖާގަ ހޯދާ ޓީމު ކަށަވަރުވާނީ މިރޭ ޕޮލިހާއި އެމްއައިބީ ބައްދަލުކުރާ މެޗަށްފަހުއެވެ. އެ ގްރޫޕުގައި ހިމެނޭ ޓީއެމްއޭއަށް ވަނީ ކުއާޓާއަށް ދަތުރުކުރުމުގެ ފުރުސަތު ގެއްލިފައެވެ.


"ގްރޫޕު ބީ" އިން ކުއާޓާގެ ޖާގަތައް ހޯދި ހަތަރު ޓީމުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެމްޓީސީސީ, ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީ ހިމެނެއެވެ. ގްރޫޕު ބީ އިން ކުއާޓާގެ ޖާގައެއް ލިބިފައިނުވަނީ ފެނަކަ އާއި ރައީސް އޮފީހަށެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.


މިއަހަރުގެ މުބާރާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވާދަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު