ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލްއިން ހޯދައިފި

އައިމިނަތު ޔުމްނާ
ރޭގަ ފައިނަލުން އެއްވަނަ ހޯދީ އެމްއޭސީއެލްގެ ޓީމު ރޭގަ ފައިނަލުން އެއްވަނަ ހޯދީ އެމްއޭސީއެލްގެ ޓީމު
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.


އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދިޔަ  މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކޮށް އެޓީމް ބަލިކޮށްގެނެވެ.

ފައިނަލުގައި އެމްޕީއެލް އަތުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 6-1 ފްރޭމުން އެމްއޭސީއެލުން ގެންދިޔަ އިރު، ދެވަނަ ގޭމު 2-6 ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 6-5 ފްރޭމުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރިއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

ކިޔުންތެރިންގެ ހިޔާލު