މާސޭއިން ޕީއެސްޖީ ބަލިކޮށްފި، ފަސް ކުޅުންތެރިޔަކަށް ރަތް ކާޑު

ދެ ޓީމު ކުޅުނު މެޗުގައި ހަމަނުޖެހުން ހިނގަނީ ދެ ޓީމު ކުޅުނު މެޗުގައި ހަމަނުޖެހުން ހިނގަނީ

ފްރެންޗް ލީގުގައި މާސޭ އަދި ޕީއެސްޖީ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން މާސޭއިން ކާމިޔާބުކޮށްފިއެވެ. 

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި މާސޭއަށް ޖަހައިދިނީ ފްލޯރިއަން ތޯވަންއެވެ. މި މެޗުގައި ފެނިގެންދިޔަ ލަނޑަށްވުރެ ކުޅުންތެރިންނަށް ދެއްކި ކާޑުގެ އަދަދު ގިނައެވެ. 

އެގޮތުން މި މެޗުގައި ފަސް ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކިއިރު 12 ރީނދޫ ކާޑު ދައްކާފައިވެއެވެ. މި މެޗުގައި ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގީ އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން މާސޭގެ ބެނެޑެޓޯ ޕީއެސްޖީގެ ލިއަންދްރޯ ޕަރެދޭސްއަށް ހަމަލާ ދިނުމާއެކު މެޗު ހޫނުވެ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. އެގޮތުން ޕީއެސްޖީގެ ލޭވިން ކުރުޒަވާ އަދި މާސޭގެ އަމާވީ ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔެއްގެ ގަަޔަށް އަތް ލާފައެވެ. މިއާއެކު އެ ދެކުޅުންތެރިންނަށް ސީދާ ރަތް ކާޑު ދެއްކިއިރު ޕަރެދޭސް އަދި ބެނެޑެޓޯއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ. 

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ޗެކް ކުރުމަށްފަހު ނޭމާ ކުޅުންތެރިޔަކަށް ހަމަލާ ދީފައިވުމާއެކު ރެފްރީ ވަނީ ނޭމާއަށް ވެސް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 

މިއީ މިދިޔަ 36 އަހަރުގެ ތެރޭ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ސީޒަނެވެ. 

ކިޔުންތެރިންގެ ހިޔާލު