މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިޔަކަށް މެސީ

މެސީ ބެލެންޑިއޯރ އުފުލާލަނީ މެސީ ބެލެންޑިއޯރ އުފުލާލަނީ

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާއްމުކުރާ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖާގަ ހޯދައިފިއެވެ. 

އޭނާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 126 މިލިއަން ޑޮލަރު ލިބުނު ކަމަށް ފޯބްސްއިން ރިޕޯޓްކުރެއެވެ. ލިސްޓުގެ ދެވަނައިގައި އޮތް ޕޯޗުގަލްގެ ކެޕްޓަން އަދި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިދިޔަ އަހަރު 117 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތްީ ބްރެޒިލް އަދި ޕީއެސްޖީގެ ތަރި ނޭމާއެވެ. އަދި ހަތަރު ވަނަ ލިބެނީ ކިލިއަން އެމްބާޕޭއަށެވެ. 

ޕްރިމިއަރ ލީގަށް ނިސްބަތްވާ ތިން ކުޅުންތެރިޔަކަށް މި ލިސްޓުން ޖާގަ ލިބިފައިވާއިރު އެއީ ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ޑޭވިޑް ޑެހޭއާއެވެ. 

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލްއަށް 29 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ލިބިފައިވަނީ ލިސްޓުގެ އަށްވަނައެވެ. މި ލިސްޓުގައި ދެން ހިމެނެނީ ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަދި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. 

ކިޔުންތެރިންގެ ހިޔާލު