20 އަހަރަށްފަހު ހިތަދޫ ބާސްކެޓް ކޯޓު މަރާމާތުކޮށް ހުޅުވައިފި

ހިތަދޫ ބާސްކެޓް ކޯޓު މަރާމާތުކުރުމަށްފަހު ހިތަދޫ ބާސްކެޓް ކޯޓު މަރާމާތުކުރުމަށްފަހު

އައްޑޫ ސިޓީ ހިތަދޫ ބާސްކެޓް ކޯޓު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. 

މިއީ ފާއިތިވުދިޔަ 20 އަހަރު ތެރޭ މި ކޯޓު މަރާމާތު ކުރެވުނު ފުރަތަމަ ފަހަރެވެ. ނުކުޅެވޭ ވަރަށް މި ކޯޓުގެ ހާލަތު ދަށްވެފައި ވަނިކޮށް މި ކޯޓު މަރާމާތުކޮށްފައިވަނީ ހިތަދޫ ޒުވާނުންގެ އިސް ނެގުމަކަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުންނެވެ. 

މިކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫގައި ބާސްކެޓަށް ލޯބިކުރާ ފަރާތްތަކުގެ ނުހަނު ބޮޑު އެހީތެރިކަމަކާއެކު 20 އަހަރަށްފަހު އެ ކޯޓު އަލުން މަރާމާތު ކުރެވިފައިވާ ކަމަށެވެ. މި ކޯޓު މަރާމާތު ކުރުމަށް ބޭނުންވި ކުލަ ސީއެސްއާރުގެ ދަށުން ހަދިޔާކުރީ މާޒިޔާ ޓްރޭޑަރސްއިންނެވެ. 

މިނިސްޓަރ މަޙްލޫފް ވަނީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗާއި، އެމްއެންޑީއެފް ސަދަރން ރީޖަންގެ ފަޔަރ އެންޑް ރެސްކިއު އަދި ފަރުދީ ގޮތުން މި މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

ވަރޗުއަލްކޮށް ބޭއްވުން ރަސްމިއްޔާތުގައި ކޯޓު ހުޅުވިގެންދިޔައިރު މިނިސްޓަރ މަޙްލޫފް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. އަދި ރަސްމިއްޔާތަށްފަހު ހިތަދޫ ޒުވާނުންގެ މެދުގައި ވަނީ އެކުވެރިކަމުގެ ބާސްކެޓް މެޗެއް ކުރިޔަށް ގެންގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު