މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބާސެލޯނާ އަދި ލިވަޕޫލްއަށް ކުރިން ކުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު ހަވިޔާ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އޭނާ ފުޓްބޯޅައިން ރިޓަޔާ މިވީ އުމުރުން 36 އަހަރުގައެވެ. 

އާދިއްތަ ދުވަހު މަޝެރާނޯ ބުނީ ފުުޓްބޯޅައިން ރިޓަޔާވިކަން ހާމަކުރަން ބޭނުންވާ ކަމަށާއި އޭނާގެ ކެރިއަރު ނިންމާލުމުގެ ފުރުސަތު އާޖެންޓީނާގައި ހުރެގެން ދިނުމުން އެސްޓޫޑިއާންޓޭސްއަށް ޝުކުރު އަދާކުރާ ކަމަށެވެ. 

މަޝެރާނޯއަކީ އޭނާގެ ކެރިއަރުގައި މިޑްފީލްޑް އަދި ޑިފެންސަށް ކުޅެފައެވެ. އޭނާގެ ކެރިއަރު އޭނާ ފެށީ އާޖެންޓީނާގެ ރިވަރ ޕްލޭޓުންނެވެ. އަދި 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު އޭނާ ކުޅުނީ ވެސްޓް ހާމް ޔުނައިޓެޑަށެވެ. އަދި 2007 ވަނަ އަހަރުން އޭނާ ކުޅެން ފެށީ ޔޫރަޕުގެ ގަދަ ބާރެއް ކަމަށްވާ ލިވަޕޫލް އަށެވެ. 

އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރުތައް އޭނާ ހޭދަކުރީ ސްޕެއިންގެ ބާސެލޯނާއަށެވެ. އެ ކްލަބަށް 2010 ވަނަ އަހަރު ބަދަލުވެ އޭނާ ވަނީ އެ ކްލަބާއެކު ދެ ޗެމްޕިއަންސް ލީގާއި ލަލީގާ ފަސް ފަހަރު ލަލީގާ ކާމިޔާބުކޮށްފައެވެ. ބާސާއާއެކު އޭނާ 18 މުބާރާތެއް ކާމިޔާބުކުރި އިރު އެޓީމަށް އޭނާ ޖަހައިދިނީ އެންމެ ލަނޑެކެވެ. 

ކިޔުންތެރިންގެ ހިޔާލު