އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖު ދަގަނޑޭ ކާމިޔާބުކޮށްފި!

އަލީ އަޝްފާގު (ދަގަނޑޭ) އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލު ހޮވުމަށް ކުރިޔަށް ގެންދާ އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްފިއެވެ. 

ދަގަނޑޭ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައިވަނީ ގާތްގަނޑަކަށް 7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންކޮންގ ގެ ޗަން ސިއު ކި އާ ވާދަކޮށް 89 އިންސައްތަ ވޯޓު ކާމިޔާބުކޮށްގެންނެވެ. ޗަން ސިއު ކި ގެ ލަނޑަކީ 2015ވަނަ އަހަރު ސައުތު ޗައިނާ އޭއޭ އިން ޕަހާންގް އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖަހައިދީފައިވަ ލަނޑެވެ. 

މި ޗެލެންޖްގައި ވާދަކުރުމަށް ދަގަނޑޭގެ ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް އާއެކު ދަގަނޑޭ ޖެހި ފަސް ލަނޑުގެ ތެރެއިން މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު ކީޕަރު ވެސް ކަޓުވާލައި އޭނާ ޖެހި ލަނޑެވެ. މީގެކުރިން ދަގަނޑޭގެ މި ލަނޑު ވަނީ އޭއެފްސީ ކަޕްގައި ޖެހި އެންމެ މޮޅު ސޯލޯ ލަނޑުގެ ގޮތުގައިވެސް ހޮވިފައެވެ.

ދަގަނޑޭ ފައިނަލަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުއެވެ. އެގޮތުން އޭނާ ވަނީ ކުވައިތު، ބަންގްލަދޭޝް އަދި ވިއެޓްނާމްގެ ކުޅުންތެރިންވެސް ބަލިކޮށްފައެވެ. 

ދަގަނޑޭ ކުއާޓަރ ފައިނަލަށް ކޮލިފައިވި ހިސާބުން ފެށިގެން އޭނާއަށް ބްރެކެޓް ޗެލެންޖް ކާމިޔާބު ކޮށްދިނުމަށްޓަކައި ގިނަ އަދަދެއް ރައްޔިތުންވަނީ މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު