ނައިޖީރިއާގެ ސްކޫލެއްގައި ކިޔަވަމުންދިޔަ ހަތަރު ސަތޭކަ ކުއްޖަކު ރަހީނުކޮށްފި

މި ހާދިސާގައި 400 ކުދިން ގެއްލިފައިވާކަމަށް އެ ސްކޫލުން ވަނީ ހާމަކޮށްފައި މި ހާދިސާގައި 400 ކުދިން ގެއްލިފައިވާކަމަށް އެ ސްކޫލުން ވަނީ ހާމަކޮށްފައި

ނައިޖީރިއާގެ ކަޓްސީނާ ސްޓޭޓްގެ ގަވަރމެންޓް ސައިންސް ސެކަންޑްރީ ސްކޫލްގައި ކިޔަވަމުންދިޔަ ގާތްގަނޑަކަށް 400 ކުދިން އެ ސަރަހައްދުގައި އުޅޭ ހަނގުރާމަމަތީ ޖަމާއަތަކުން ރަހީނުކޮށްފައިވާ އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 9:40 އެހާކަށް ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ނިސްބަތްވާ ކަޓްސީނާ ސްޓޭޓްގައި ހިނގާދިޔަ މި ހާދިސާގައި ރަހީނުކޮށްފައިވަނީ ކިތައް ކުދިންކަމެއް އަދި ޔަގީނެއް ނޫނެވެ. އެހެންނަމަވެސް، 400 ކުދިން ގެއްލިފައިވާކަމަށް އެ ސްކޫލުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގައި ކުދިން ރަހީނުކޮށްފައިވާ ޖަމާއަތް އެ ގައުމުގެ ޖަންގައްޔަކުން ސިފައިން ހޯދާފައިވާކަމަށާއި އެއާރ ސަޕޯޓްއާއެކު މިހާރު ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނައިޖީރިއާގެ ރައީސް ބުހާރީ ވަނީ ހާމަކޮށްފައެވެ. ހުކުރު ދުވަހު މި ހާދިސާ ހިނގި ވަގުތު އެތަނަށްދިޔަ ފުލުހުންގެ ސަބަބުންވެސް ގިނަ އަދަދެއްގެ ކުދިން ސަލާމަތްވެފައިވާކަމަށް ބުހާރީ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ޖަމާއަތުން ހަމަލާދީފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕުން ފުލުހުންނާއި ހަމަލާ ބަދަލުކުރިއިރު، ދެވަނަ ގްރޫޕުން ކުދިން ރަހީނުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް އަލް ޖަޒީރާއިންވަނީ ރިޕޯޓްކޮށްފައެވެ. 

ނައިޖީރިއާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމް ގްރޫޕުން ދޭތެރެދޭތެރެއިން ކުދިން ރަހީނުކުރެއެވެ. އެގޮތުން 2018 ވަނަ އަހަރު 100 އަންހެން ކުދިން ރަހީނުކުރިއިރު، 2014 ވަނަ އަހަރު އެ ޖަމާއަތުންވަނީ 270 އަންހެން ކުއްޖަކު ރަހީނުކޮށްފައެވެ. ހުކުރު ދުވަހުގެ ހާދިސާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނަގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު