ކޮވިޑް-19ގެ އައު ވައްތަރެއް ފެނުމާއި ގުޅިގެން އިނގިރޭސިވިލާތަށް ދަތުރުކުރުން ބައެއް ގައުމްތަކުން ހުއްޓާލައިފި

ކޮވިޑް-19ގެ އައު ސްޓްރޭންޑެއް އިނގިރޭސިވިލާތުން ފެނުން ކައުން އެ ގައުމުގެ ސައިންސްވެރިން އިއުލާންކުރުމާއި ގުޅިގެން ބައެއް ގައުމްތަކުން އެ ގައުމަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތަށް ދަތުރުކުރުން ހުއްޓާލައިފައިވާ ގައުމްތަކުގެ ތެރޭގައި ފްރާންސް، ޖައުމަނުވިލާތް، އިޓަލީ، ނެދަރލެންޑްސް އަދި އޮސްޓްރިއާ ހިމެނެއެވެ. މީގެ އިތުރުންވެސް ޔޫރަޕްގައެއް އިތުރު ބައެއް ގައުމްތަކުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުން ހުއްޓާލައިފައިވާއިރު، ސައުދީ އަރަބިއާއިން ވަނީ އެ ގައުމު ލޮކްޑައުންކޮށް ހުރިހާ އިންޓަނޭޝަަނަލް ފްލައިޓްތަކެއް ހުއްޓާލާފައެވެ.

ކޮވިޑް-19ގެ އައު ސްޓްރޭންޑް އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަލުވި ކަމާއެކު ފެތުރޭ މި ސްޓްރެއިންޑް، ނޮވެމްބަރު މަހު އިނގިރޭސިވިލާތުން ޕޮޒިޓިވްވީ މީހުންގެ ހަތަރުބައި ކުޅަ އެއް ބައި މީހުންނަށް ޖެހިފައިވެއެވެ. 

މި އައު ސްޓްރެއިންޑްއަކީ ކުރީ ސްޓްރެއިންޑަށްވުރެ ނުރައްކާތެރި ސްޓްރެއިންޑެއްކަން އަދި ކަށަވަރުވެފައި ނުވާ އިރު، މިހާރުވެސް އުފައްދާފައިވާ ވެކްސިންތައް މި ސްޓްރެއިންޑާއި ދެކޮޅަށް މަސައްކަތްކުރާނެކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު