އެމެރިކާގެ އިންތިހާބު ކޮންގްރެސް އިން ބަލައިގަނެފި!

ރިޕަބްލިކަން ޕާޓީއިން ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ ގިނަ ޝަކުވާތަކެއް ކޮށްފައި ރިޕަބްލިކަން ޕާޓީއިން ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ ގިނަ ޝަކުވާތަކެއް ކޮށްފައި

އެމެރިކާގެ އިންތިހާބު އެ ގައުމުގެ ކޮންގްރެސް އިން ދާދި ދެންމެއަކު ބަލައިގަނެފިއެވެ. 

އިންތިހާބު އެ ގައުމުގެ ކޮންގްރެސް އިން ބަލައިގަނެފައި މިވަނީ މިއަދު ބޭއްވެވި ހާއްސަ ވޯޓެއްގައެވެ. މިއާއެކު އެ ގައުމުގެ ރައީސްކަމަށް ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ކަމަށްވާ ޖޯ ބައިޑެން އަދި ނައިބު ރައީސްކަމަށް ކަމަލާ ހެރިސް އައްޔަންކުރެވުނު ކަން ޔަގީން ކުރެވުނީއެވެ. މި ދެ ބޭފުޅުންވެސް މަގާމުގެ ހުވާކުރެއްވުން އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އެމެރިކާގެ އިންތިހާބު ކޮންގްރެސް އިން ބަލައިގަތުމަކީ އާންމުކޮށް ރަމްޒީ ކަމެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. އެހެންނަމަވެސް، މި އަހަރުގެ ކޮންގްރެސްގެ ހާއްސަ ސެޝަން ކުރިއަށް ދިޔަ ވަގުތު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްއަށް ވަދެ ގިނަ ހަމަނުޖެހުންތަކެއްވެސް ހިންގާފައިވެއެވެ. މި ހަމަނުޖެހުންތަކުގައި 4 މީހަކު މަރުވެ 50 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއިން ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ ގިނަ ޝަކުވާތަކެއް ކޮށްފައެވެ. މި ޝަކުވާތަކާއި ގުޅިގެން ދެ ސްޓޭޓެއްގެ ނަތީޖާ ބާތިލްކުރަން ވޯޓަށް އެހި ނަމަވެސް، އެ ވޯޓު ކާމިޔާބު ވެފައެއް ނުވެއެވެ. 

މީގެއިތުރުންވެސް، މިއަދު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް ޑޮނާލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ޑިމޮކްރެޓިކް ޕަޓީގެ ސެނެޓަރސް ކުރައްވާނެ ކަމުގެ ރިޕޯޓްތައްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، އޭބީސީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިހާރުގެ ނައިބު ރައީސް މައިކް ޕެންސް އިސްވެ ހުންނަވައި ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު