ސައުދީ އަރަބިއާއާ ގަތަރާއި ދެމެދު ސީދާ ދަތުރުތައް އަންނަ ހޯމަ ދުވަހު ފަށަނީ

ގަތަރު އެއަރވޭސްއިން އިން ރިޔާދްއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު ގަތަރު އެއަރވޭސްއިން އިން ރިޔާދްއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު

ސައުދީ އަރަބިއާ އަދި ގަތަރުގެ ގައުމީ އެއަރލައިންތަކުން، އެ ދެ ގައުމް ދޭތެރޭގައި ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. 

މިއީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، ސައުދީއަރަބިއާ، ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ގަތަރާއި ގުޅުން ކަނޑާލުމަށް ނިންމި ފަހުން ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މި ގައުމްތަކުން ތުހުމަތުކުރާ ގޮތުގައި ގަތަރުގެ ސަރުކާރުން އިރާންއަށް ތާއީދުކޮށް، ޓެރަރިޒަމްއަށްވެސް ފަންޑުކުރެއެވެ. މި ތުހުމަތުތައް ގަތަރުން ދޮގުކޮށްފައިވާއިރު، އެ ގައުމުން ތުހުމަތުކުރާ ގޮތުގައި މިއީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމެވެ.

މި ގައުމްތަކުގެ ދޭތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްފައިވަނީ ކުވެއިތާއި އެމެރިކާއިންނެވެ. މި މަސައްކަތްތަކަށް އަލިމަގެއް ފެނި، ގުޅުން އަލުން ގާއިމްކުރުމަށް ނިންމާފައިވަނީ ދާދިފަހުން ބޭއްވި 41ވަނަ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސަމިޓުގައެވެ.

މި ބައްދަލުވުމުގައި ސައުދީ އަރަބިއާއިން ވަނީ އެ ގައުމުގެ ބޯޑަރުތައް ގަތަރަށް ހުޅުވާލާނެކަން އިއުލާންކޮށްފައެވެ. މިއާއެކު ސައުދީ އަރަބިއާގެ ގައުމީ އެއަރލައިން ސައުދިއާ އިން ވަނީ ރިޔާދްއަދި ޖިއްދާއިން ދޯހާއަށް ދަތުރުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ކުރާނެކަން އިއުލާންކޮށްފައެވެ. 

ގަތަރުގެ ގައުމީ އެއަރލައިން ގަތަރު އެއަރވޭސްއިން އިން ރިޔާދްއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީވެސް އަންނަ ހޯމަދުވަހުއެވެ. އަދި ބުރާސްފަތި ދުވަހު ޖިއްދާއަށް، ހޮނިހިރު ދުވަހު ޑައްމަމް އަށް ގަތަރު އެއަރވޭސްއިން ފާށާނެއެވެ.

ބޯޑަރުތައް ހުޅުވާލި ނަމަވެސް، ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ދެ ގައުމުންވެސް އަމަލުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު