އާދަޔާ ހިލާފު ބިޔަ މަހެއް އޮސްޓްރޭލިއާގެ ހޭޅިފަށަށް ލައްގައިފި

ޢަލީ ޔާމީން

ދުނިޔެއިން މަދުން ނޫނީ ނުފެންނަ ބިޔަ މަހެއް އޮސްޓްރޭލިއާގެ ހޭޅިފަށަށް ލައްގައިފިއެވެ.

އޮސްޓްރޭލިއާގެ އުތުރުގައިވާ ސިޓީއެއް ކަމަށްވާ އަޑެލައިޑުގެ ހޭޅިފަށަށް ލައްގާފައިވަނީ ކަނޑުގައި ދިރިއުޅޭ އެންމެ ބަރު އެއް މަސް ކަމުގައިވާ "ސަން ފިޝް" ނުވަތަ "މޮލާ" އެވެ.

އޮސްޓްރޭލިއާގެ ހޭޅި ފަށުން ފުރަތަމަ މި މަސް ފެނިފައިވަނީ މަސްވެރިންތަކަކަށެވެ. އަދި އެ މަހުގެ ދިގު މިނުގައި 6 ފޫޓު ހުންނާނެ ކަމަށް އެމީހުން ބުނެއެވެ.

މަސްވެރިކަން ދިރާސާ ކުރާ ސައިންސްވެރިން ވިދާޅުވާ ގޮތުގައި "ސަން ފިޝް" އާންމު ގޮތެއްގައި ފެންނަނީ ހޫނު ގަދަ ހިސާބުތަކުގެ ކަނޑުތަކުންނެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި "ސަން ފިޝް" ހަތަރު މީޓަރު ނުވަތަ 13 ފޫޓަށްވެސް ދިގުވެއެވެ. އަދި 2،500 ކިލޯގެ ބަރުދަނަށް "ސަން ފިޝް" ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ނަމަވެސް ގިނަ ސައިންސްވެރިން އިއްތިފާގުވާ ގޮތުގައި ދުވަސްވީ "ސަން ފިޝް" އެއްގެ ބަރުދަނުގައި އުޅޭނީ 1000 ކިލޯ ނުވަތަ އެއް ޓަނެވެ.

"ސަން ފިޝް" ފުރަތަމަ ދުނިޔެއިން ފެނިފައިވަނީ މީގެ 130 އަހަރު ކުރިން ދުނިޔޭގެ ދެކުނުގެ ކަނޑަކުންނެވެ. އޭގެ ފަހުންވެސް މަދުން ނަމަވެސް މި މަސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު